އަހުމަދު މަސްނޫމް   7 އޭޕްރީލު 2023 - 1:0
ހުޅުމާލޭގެ 2 ހިސާބަކުން 15 ބިމެއް ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީން ގެޒެޓްގައި ޝާޢިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން އެ ބިންތަކަށް ބިޑު ކުރުމަށް ވަނީ ހުޅުވާލާއެވެ.

އެޗްޑީސީން ހުޅުވާލާފައިވަނީ ހުޅުމާލޭ ބީޗް ސައިޑުން 1600 އާއި 2300 އަކަފޫޓުގެ 10 ބިމަކާއި ބީޗް ފްރަންޓުން 1200 އާއި 1800 އަކަފޫޓުގެ 5 ބިމެއް ވިއްކުމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ ބިން ގަތުމަށް އެދި ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނާއި 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށެވެ. އަދި ބިޑު ހުށަހަޅާ ފަރާތްތަކުން އެއް މިލިއަން ރުފިޔާގެ ބިޑު ސެކިއުރިޓީއެއް ބަހައްޓަންޖެހޭނެ ކަމަށްވެސް އިއުލާންގައިވެއެވެ.

އެޗްޑީސީން ބުނީ ބީލަން ހުށަހަޅަންޖެހޭނީ ޕޯޓަލެއް މެދުވެރިކޮށްކަމަށާއި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މެއި 31ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން