ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު އިސްތިއުފާދެއްވިފަހުން، އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ހަސަން ވަހީދާއިއެކު ރޯދަ ވީއްލުމަކުން ފުރަތަމަ ފަހަރަށް ބައްދަލުވެވަޑައިގެންފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ ނާއިބަކަށް އޭރު ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިސްވެ ހުންނަވައި ހިންގެވި ބަޣާވާތެއްގެ ތެރެއިން ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ. އެމައްސަލައިގައި އެމްޑީޕީން ވަނީ ރައީސް ވަހީދަށް ބާޣީ އެއްގެ ލަގަބުދީފައެވެ.

ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާއި ހަވާލުވެވަޑައިގަތީ ރައީސް ވަހީދެވެ. އެހިސާބުން ފެށިގެން ދެ ހަތުރުންގެ ގޮތުގައި ތިއްބެވި ރައީސް ނަޝީދާއި ރައީސް ޑރ. ވަހީދު ބައްދަލުވެވަޑައިގަތީ ރާއްޖެއަށް ސައުދީން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީ ދެއްވި ރޯދަވީއްލުމަކުންނެެވެ.

އެ ރޯދަވީއްލުމުގައި ރައީސް ނަޝީދާއި ރައީސް ވަހީދު ތިއްބެވީ ވަރަށް ގާތުގައި އެއް މޭޒެއްގައި އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ޖެހިގެންނެެވެ. އެބައްދަލުވުމުގެ ފޮޓޯތައް މަޖިލީހުގެ އިދާރާއިން އާންމޮށްފައިވާއިރު ދެބޭފުޅުންގެ މޫނުފުޅުމަތިން ފެންނަންހުރީ އުފާވެރިކަމެެވެ.

މި ބައްދަލުވުމަށްފަހު ދެބޭފުޅުންކުރެ އެއްވެސް ބޭފުޅަކު އެބައްދަލު ވުމާ ބެހޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން