ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއެކު ކޯލިޝަން ހެދުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް، އެމްޓީޑީއަށް ފޮނުވައިފިއެވެ.

އެމްޓީީޑީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ދީފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ސޮއިކުރައްވާ އިއްޔެ ފޮނުއްވި ސިޓީފުޅެއްގައެވެ.

އެ ސިޓީގައި ގާސިމް ވިދާޅުވީ އެމްޓީޑީއާއެކު މަޝްވަރާކުރަން ބޭނުންވަނީ ގިނަ ބައެއްގެ ބައިވެރިވުން އޮންނާނެ ގޮތުގެ މަތިން ގައުމުގެ ކަންކަން އިސްލާހުކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ. އަދި އެ މަޝްވަރާގައި އެމްޓީޑީން ބައިވެރިވާނެ ބޭފުޅުންގެ ނަންތައް ވީހާވެސް އަވަހަކަށް ޖޭޕީގެ ސެކްރެޓޭރިއޭޓަށް ފޮނުވަން ވަނީ އެދިވަޑައިގެންފައެވެ.

ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ގާސިމް ވަނީ ޕީޕީއެމް، އެމްއެންޕީ، އެމްއާރުއެމް، ޑރ. މުނައްވަރު އަދި އުމަރު ނަސީރަށްވެސް ފޮނުއްވާފައެވެ. ނަމަވެސް އޭގެތެރެއިން މަޝްވަރާކުރަން އެއްބަސްވީ އެމްއާރުއެމުން އެކަންޏެެވެ. އެހެން ހުރިހާ ފަރާތަކުން ވަނީ ދައުވަތު ގަބޫލުކުރަން ދެކޮޅު ހަދާފައެވެ.

މިފަހަރުގެ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު އެޕާޓީން ޖުމްހޫރީ ޕާޓީޢަށް ފޮނުވިއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން