އަހުމަދު މަސްނޫމް   7 އޭޕްރީލު 2023 - 5:42
2022 ވަނަ އަހަރު ރައީސް ސާލިހު، ނާޝިދުއަށް ގައުމީ އިނާމް ހަވާލުކޮށްދެއްވަނީ
2022 ވަނަ އަހަރު ރައީސް ސާލިހު، ނާޝިދުއަށް ގައުމީ އިނާމް ހަވާލުކޮށްދެއްވަނީ
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރެއްވުމަށް ނިންމަވާފައިވާކަން ރައްޔިތުންގެ މަޖިލީޙުގެ ކުރީގެ މެމްބަރު އަދި އޭޑީކޭގެ ގްރޫޕް އޮފް ކޮމްޕެނީޒްގެ ޗެއަރމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދ.އަތޮޅުގެ މެމްބަރުކަމާއި ކޮމަންޑޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ އޭޑީކޭ ނާޝިދަކީ ދިވެހިރާއްޖޭގައި ހުންނަވާ މޮރޮކޯގެ އޮނަރަރީ ކޮންސުލްއެވެ. މީގެއިތުރުން ނާޝިދަކީ ޖުމްހޫރީ ޕާޓީގެ އެއް ފައުންޑަރ އަދި އެޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަޤާމުވެސް އަދާކުރެއްވި ބޭފުޅެއްވެސްމެއެވެ.

އޭޑީކޭ ނާޝިދު މިއަދު ކުރެއްވި ޓްވީޓެެއްގައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރައްވާނެކަން ހާމަކުރައްވާފައެވެ.



ރައީސް ސާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ނާޝިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އޭރުވެސް ރައީސް ސާލިހުކަމަށާއި، އަދި މިފަހަރުވެސް ރައީސް ސާލިހުކަމަށެވެ.



މަޖިލީހުގައި ގިނަަ އަހަރުތަކެއް ހޭދަކުރެއްވި ނާޝިދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ނާޝިދު މިހާރު ފާހަގަކުރެއްވެނީ ސިޔާސީ ދާއިރާއާ ދުރުގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ނާޝިދު ބޮޑަށް މިހާރު ފެންނަނީ ވިޔަފާރިއާއި އިޖްތިމާއީ ދާއިރާގެ މަސައްކަތްތަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން