މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވޭނީ ގިސާސް ހިފައިގެން ކަމަށް ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ނ. މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރާލާފަައި އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވީ މަނަދޫގައި ރަޙުމްކުޑަކޮށް މުސްކުޅި އަންހެން ބޭފުޅަކު މަރާލިވާހަކަ އަޑުއެހީ ކުއްލި ޙައިރާންކަމާ ސިހުމާއެކުގައި ކަމަށެވެ. އެއްވެސް ނަފްސެއް ނުޙައްޤުން މަރާލުމަކީ އެންމެހާ މީސްތަކުން މަރާލުން ފަދަ ކަމެއް ކަމަށް ދީނުގައި އަންގަވާފައިވާ ކަމަށް ޒައިދު ވިދާޅުވިއެވެ.



އަދި ލާއިންސާނީ އަނިޔާވެރި މަރުތަކަށް ދާއިމީ ސިފައެއްގައި ހައްލު ލިބިގެންދާނީ ރާއްޖޭގައި ގިސާސްގެ ހުކުމް ތަންފީޒު ކުރެވިގެން ކަމަށް ޒައިދު ވިދާޅުވި އެވެ.

ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނިފައިވަނީ އެރަށު އަންނާރުމާގޭ ނައީމާ މޫސާ، 62، އެެވެ. އެރަށުގެ ބައެއް މީހުންނާއި ހަވާލާދީ ބައެެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ނައީމާ މަރާލާފައިވަނީ ގައިގެ އެތައް މިތަނަށް ވަޅިން ހަމަލާދީގެންނެެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޓީމެއް މިހާރު އެ ރަށުގައި ހަރަކާތްތެރިވަމުންދާއިރު މި މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި ހުއްދަ ނުހޯދައި އެ ރަށަށް މީހުން އަރައި ފޭބުން ކައުންސިލުން މިހާރު ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން