ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއެކު ކޯލިޝަން ހެދުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް، އެމްޓީޑީއަށް ފޮނުވި ދައުވަތު އެ ޕާޓީން ގަބޫލުކޮށްފިއެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއެކު ކޯލިޝަން ހެދުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީއަށް ދައުވަތު ފޮނުވީ މިމަހުގެ 5 ވަނަ ދުވަހުއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވީ އެމްޓީޑީއާއެކު މަޝްވަރާކުރަން ބޭނުންވަނީ ގިނަ ބައެއްގެ ބައިވެރިވުން އޮންނާނެ ގޮތުގެ މަތިން ގައުމުގެ ކަންކަން އިސްލާހުކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ. އަދި އެ މަޝްވަރާގައި އެމްޓީޑީން ބައިވެރިވާނެ ބޭފުޅުންގެ ނަންތައް ވީހާވެސް އަވަހަކަށް ޖޭޕީގެ ސެކްރެޓޭރިއޭޓަށް ފޮނުވަން ވަނީ އެދިވަޑައިގެންފައެވެ.
އެމްޓީޑީން މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ހުށަހެޅުން ޤަބޫލުކޮށް، އެ ޕާޓީއާއެކު މަޝްވަރާކުރަން ޓީމެއް އެކުލަވާލާފައެވެ.
ޖުމްހޫރީ ޕާޓީއާއި މަޝްވަރާކުރަން އެމްޓީޑީގެ ފަރާތުން ކަނޑައަޅާފައިވަނީ ޕާޓީގެ ސީނިއަރ ކައުންސިލް މެންބަރު އަބްދުލް ރަޝީދު ނާފިޒް ލީޑް ކުރާގޮތަށް، ސެކްރެޓަރީ ޖެނެރަލް އަހުމަދު އަޝްރަފް އަދި ލީގަލް އެޑްވައިޒަރު މުހައްމަދު ހަލީމެވެ.
ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ގާސިމް ވަނީ ޕީޕީއެމް، އެމްއެންޕީ، އެމްއާރުއެމް، ޑރ. މުނައްވަރު އަދި އުމަރު ނަސީރަށްވެސް ފޮނުއްވާފައެވެ. ނަމަވެސް އޭގެތެރެއިން މަޝްވަރާކުރަން އެއްބަސްވީ އެމްއާރުއެމުން އެކަންޏެެވެ. އެހެން ހުރިހާ ފަރާތްތަކުން ވަނީ ދައުވަތު ގަބޫލުކުރަން ދެކޮޅު ހަދާފައެވެ.
މިފަހަރުގެ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު އެޕާޓީން ޖުމްހޫރީ ޕާޓީޢަށް ފޮނުވިއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީ އާއި މަޝްވަރާކުރަން އެމްޓީޑީގެ ފަރާތުން ޕާޓީގެ ސީނިއަރ ކައުންސިލް މެންބަރު އަބްދުލް ރަޝީދު ނާފިޒް ލީޑް ކުރާގޮތަށް، ސެކްރެޓަރީ ޖެނެރަލް އަހުމަދު އަޝްރަފް އަދި ލީގަލް އެޑްވައިޒަރު އޒ. މުހައްމަދު ހަލީމް މިއަދު ހަމަޖައްސައިފީމެވެ. pic.twitter.com/Ti1qiFD1QR
— Maldives Third-Way Democrats (@MTDSecretariat) April 9, 2023
ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ގާސިމް ވަނީ ޕީޕީއެމް، އެމްއެންޕީ، އެމްއާރުއެމް، ޑރ. މުނައްވަރު އަދި އުމަރު ނަސީރަށްވެސް ފޮނުއްވާފައެވެ. ނަމަވެސް އޭގެތެރެއިން މަޝްވަރާކުރަން އެއްބަސްވީ އެމްއާރުއެމުން އެކަންޏެެވެ. އެހެން ހުރިހާ ފަރާތްތަކުން ވަނީ ދައުވަތު ގަބޫލުކުރަން ދެކޮޅު ހަދާފައެވެ.
މިފަހަރުގެ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު އެޕާޓީން ޖުމްހޫރީ ޕާޓީޢަށް ފޮނުވިއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު