އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި، ހަތަރު ވަނައިގައި އޮތް ޗެލްސީ ރޭ ކުޅުނު މެޗްތަކުން ބަލިވެ ޕްރިމިއަރ ލީގު ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.
ރޭ ލެސްޓަރ ސިޓީ އާއި، އެވަޓަން ބައްދަކުރި މެޗުން 2-1 ގެ ނަތީޖާ އަކުން އެވަޓަން ކާމިޔާބު ކޮށްފައިވާއިރު، ޗެލްސީއާއި ވެސްޓްހަމް ބައްދަލު ކުރި މެޗް ނިމުނީ 3-2 ގެ ނަތީޖާ އަކުން ޗެލްސީ ބަލިވެގެންނެވެ.
ރޭގެ މެޗްގައި ރިޗަރލިސަން އާއި، ސިގަރޑްސަންގެ ގޯލްތަކުން ފުރަތަމަ ހާފްގައި އެވަޓަން ލީޑު ނަގާފައި ވަނިކޮށް، ލެސްޓަރ އަށް ފަރަގު ކުޑަ ކުރެވިފައި ވަނީ މެޗްގެ 51 ވަނަ މިނެޓްގައެވެ. މެޗް ނިމުނީ 2-1 އިން އެވަޓަން މެޗް ކާމިޔާބު ކޮށްގެންނެވެ. އެވަޓަން އޮތީ 44 ޕޮއިންޓާއެކު ޓޭބަލްގެ 11 ވަނައިގައެވެ.
ރޭގެ މެޗްގައި ޗެލްސީގެ ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ވިލިއަން އެވެ. ޗެލްސީން މެޗްގެ ލީޑް ނެގިތާ ދެމިނެޓް ފަހުން މެޗްގެ 45 ވަނަ މިނެޓުގައި ޖެރޯޑް ބޮވެންގެ އެހީތެރިކަމާއި ވެސްޓްހަމްގެ ގޯލް ކާމިޔާބު ކޮށްދިނީ ތޯމަސް އެވެ. ވެސްޓްހަމް އަށް ލީޑު ނަގައިދިނީ ދެވަނަ ހާފު ފެށިގެން މެޗްގެ 51 ވަނަ މިނެޓުގައި މައިކަލް އެންޓޯނިއޯ އެވެ.
ޗެލްސީއަށް ދެވަނަ ފަހަރަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ، ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ވިލިއަންއެވެ. މެޗް ނިމެން ވަރަށް ކުޑަތަން ވެފައިވަނިކޮށް ވެސްޓްހަމްގެ އެންޑްރީ ޔާމޮލެންކޯ ވަނީ ޗެލްސީ ކޮޅަށް ގޯލެއް ވައްދާލައި މެޗްގެ ތިން ޕޮއިންޓް ޔަޤީންކޮށްފައެވެ. މެޗް ނިމިގެންދިޔައީ 3-2 ގެ ނަތީޖާއިން 16 ވަނައިގައި އޮތް ވެސްޓްހަމް މޮޅުވެގެންނެވެ.
ރޭ ލަންޑަނަށް ނިސްބަތްވާ އާސެނަލުން ވަނީ ނޯވިޗްގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗްގައި އާސެނަލް އަށް ގޯލްތައް ޖަހައިދިނީ ޕިއެރެ އެމެރިކް އޮބާމެޔަންގް އާއި ގްރަނިޓް ޝަކާ އަދި ސެޑްރިކް ސޯރެސް އެވެ. މީގެ ތެރެއިން ގެބޮން ފޯވަޑް އޮބާމެޔަންގް ވަނީ މެޗްގައި ދެ ގޯލް ޖަހައިފައެވެ. މިއާއެކު އޭނާ ވަނީ މިސީޒަންގައި 19 ގޯލް ހަމަކޮށް ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ އެއްވަނަ އަށް ޖެހިލައިފައެވެ. ލިސްޓުގެ އެއްވަނަ އޮބާމެޔަންގް ހިއްސާ ކުރަނީ 19 ގޯލް ކާމިޔާބުކޮށްފައިވާ ލެސްޓާގެ ފޯވަޑް ޖޭމީ ވާޑީ އާއެކުއެވެ.
ރޭގެ މޮޅަކީ އާސެނަލުން ޖެހިޖެހިގެން ހޯދި ހަތަރު ވަނަ މޮޅެވެ. ކޯވިޑް-19 އަށް ފަހު ލީގު އަލުން ފަށައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް މިކެލް އާޓެޓާގެ ޓީމުން ވަނީ ފަހަކަށް އައިސް އެޓީމްގެ ނަތީޖާތައް ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. އާސެނަލް އޮތީ 47 ޕޮއިންޓާއެކު ލީގުގެ 7 ވަނައިގައެވެ.
ރޭގެ ނަތީޖާ އެކު ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ޓީމްތަކުން ކުރާ މަސައްކަތުގެ ފޯރި ވަނީ ގަދަވެފައެވެ. ތާވަލުގެ ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީ އާ ދެމެދު އޮތީ ދެޕޮއިންޓުގެ ފަރަގެކެވެ. ޔުނައިޓެޑަށް 52 ޕޮއިންޓް ލިބިފައިވާއިރު ޗެލްސީއަށް ލިބިފައިވަނީ 54 ޕޮއިންޓެވެ. ޔުނައިޓެޑާއި އެއް ޢަދަދަކަށް ޕޮއިންޓް ހޯދައިގެން ތާވަލްގެ 6 ވަނައިގައި އޮތީ ވުލްވްސް އެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް ލިބިފައިވަނީ ޗެލްސީއަށްވުރެ އިތުރަށް އެންމެ ޕޮއިންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު