މިއަހަރު ބޭއްވި އިންޑިއަން ގްރޯން ޕްރިީގެ ހަތަރު މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖުމްލަ 8 މެޑަލް ހޯދައިފިއެވެ.
ސާއިދުގެ 8 ވަނަ މެޑަލް ހޯދީ ގްރޯން ޕްރީގެ 4 ވަނަ މުބާރާތުގެ 100 މީޓަރު ދުވުމުން ދެވަނަ ހޯދައިގެންނެވެ. މި މުބާރާތުގެ އެއްވަނަ ހޯދީ އަލްމާން ބޯގޯހޭންއެވެ. އޭނާ ރޭސް ނިންމީ 10.53 ސިކުންތުންނެވެ. ރިހި މެޑަލް ހޯދި ރާއްޖޭގެ ސާއިދު ރޭސް ނިންމީ 10.66 ސިކުންތުންނެވެ. ލޯ މެޑަލް ކާމިޔާބުކުރި އަނިމޭޝް ކުޖޫރް ރޭސް ނިންމީ 10.69 ސިކުންތުންނެވެ.
މީގެ ކުރިން މިއަހަރު ބޭއްވި އިންޑިއަން ގްރޯން ޕްރީގެ ތިން މުބާރާތުގައި ވާދަކޮށް ސާއިދު ވަނީ ދެ ރަން މެޑައްޔަކާއި, ދެ ރިހި މެޑަލްގެ އިތުރުން ތިން ލޯމެޑަލް ކާމިޔާބުކޮށްފައެވެ. ދެ ރަން މެޑަލް ހޯދީ ގްރޯން ޕްރީގެ ފުރަތަމަ މުބާރާތުގެ 100 މީޓަރާއި 200 މީޓަރު ދުވުމުންނެވެ. މީގެ އިތުރުން, ދެވަނަ މުބާރާތުގެ 100 މީޓަރު ދުވުމުން ލޯ މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައިވެއެވެ. އަދި ތިންވަނަ މުބާރާތުގައި ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުން ލޯ މެޑަލް ކާމިޔާބުކޮށްފައެވެ.
ސާއިދުގެ އިތުރުންވެސް ރާއްޖޭގެ ދުވުންތެރިން އިންޑިއަން ގްރޯން ޕްރީގައި ވާދަކުރިއެވެ. އެގޮތުން ރާއްޖޭގެ އަންހެން ސްޕްރިންޓް ދުވުންތެރިޔާ ޒިވާ މޫސާ ޝަފީއު ވަނީ ގްރޯން ޕްރީގެ ތިންވަނަ މުބާރާތުގެ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދާފައެވެ. އަދި 800 މީޓަރު ދުވުމުގައި ވާދަކޮށް މިޑްލް ޑިސްޓެންސް ދުވުންތެރިޔާ އައިޝަތު ޖައިޝާ ޖުނީޒް ވަނީ ލޯ މެޑަލް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު