އިނގިރޭސި ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑާއި ބައްދަލުކުރި މެޗުގައި ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ސީޒަންގެ ހުރިހާ މުބާރާތެއް ހިމެނޭހެން ލިވަޕޫލް ކުޅުނު އެންމެ ފަހު ފަސް މެޗުގައި މޮޅެއް ނުލިބި ދިއުމަށްފަހު އެޓީމަށް ލިބުނު މޮޅެކެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވިއިރު, ލިވަޕޫލް ވަނީ އެއް މެޗުން އެއްވަރުވެފައެވެ.
ލީޑްސްގެ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ދެލަނޑު ޖެހިއެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ކޯޑީ ގަކްޕޯއެވެ. އޭގެ ހަތަރު މިނެޓު ފަހުން ޓީމުގެ ތަރި މުހައްމަދު ސަލާހް ވަނީ ލަނޑެއް ޖަހާ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. ލިވަޕޫލްގެ އަނެއް ހަތަރު ލަނޑު ފެނުނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގައި ޑިއެގޯ ޖޮޓާ ދެލަނޑު ޖެހިއިރު ސަލާހް އެއް ލަނޑު އަދި ޑާވިން ނުނޭޡް ލަނޑެއް ޖެހިއެވެ. ލީޑްސްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ސިނިސްޓރާއެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އޮތީ 30 މެޗުން ލިބުނު 47 ޕޮއިންޓާއެކު ތާވަލުގެ އަށްވަނަ މަގާމުގައެވެ. ލިވަޕޫލަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ލީޑްސްއަށް ލިބެނީ 29 ޕޮއިންޓެވެ. ރެލިގޭޝަން ޒޯނަށް ނުވެއްޓި ލީޑްސް ސަލާމަތުން އޮތީ ދެޕޮއިންޓުގެ ފައިދާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު