ގޮވާމުގެ ބާވަތްތަކުން ލިބުނު ފިޠުރު ޒަކާތް ބެހުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ ގޮވާމުގެ ބާވަތްތަކުން ލިބިފައިވާ ފިޠުރު ޒަކާތް ބަހާނީ މިއޭޕްރީލްމަހުގެ 19 އިން 20 އަށް ކަމަށެވެ. ގޮވާމުން ފިޠުރު ޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ބަލައިގެންފައިވަނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
މާލެ ސިޓީގައި ގޮވާމުގެ ފިޠުރު ޒަކާތް ބެހުން ކުރިއަށްދާނީ މަޖީދިއްޔާ ސްކޫލުގެ ޞަލާޙުއްދީން ހޯލުގައެވެ.
އެގޮތުން 19 އޭޕްރީލް ވާ ބުދަ ދުވަހު، މެންދުރު އެކަކުން ތިންގަޑި ފަނަރައަށް، އަދި ހަވީރު ހަތަރަކުން ފަހަކަށް ހަމައެއާއެކު ރޭގަނޑު ނުވަޔަކުން ދިހަގަޑި ބަޔަށް ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ހަމައެއާއެކު 20 އޭޕްރީލް ވާ ބުރާސްފަތި ދުވަހު، ހެނދުނު ދިހަޔަކުން ހަވީރު ފަސްގަޑި ބަޔަށް އަދި ރޭގަނޑު އަށަކުން ރޭގަނޑު ދިހަގަޑި ބަޔަށް ގޮވާމުން ލިބިފައިވާ ޒަކާތް ދޫކުރާނެއެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަނެފައިވަނީ ގޮދަންފުށާއި އާޓާފުށާއި އާދައިގެހަނޑުލާއި ތައިލެންޑްހަނޑުލާއި ބާސްމަތީހަނޑުލާއި ރަތްހަނޑުލުންނެވެ.

ކިޔުންތެރިންގެ ހިޔާލު