ވިޔަފާރިކުރާ ތަންތަނުން ޕްލާސްޓިކް ކޮތަޅުން ނަގާފީގެ ތަފްސީލް ބަލަހައްޓަން ލާޒިމްކޮށް މީރާއިން ޤަވާއިދެއް ނެރެފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އިއްޔެ ގެޒެޓުކުރި "ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދު ކަށަވަރު ކުރުމަށް ރިކޯޑު ބެލެހެއްޓުމުގެ ގަވާއިދު"ގައި ބުނެފައިވަނީ ވިޔަފާރިކުރާ ތަންތަނުން ވިއްކާ ކޮތަޅުގެ އަދަދާއި އަގާއި، ހިލޭ ދޫކުރާ ކޮތަޅާއި އޭގެ އަގާއި، ހަލާކުވާ ކޮތަޅާއި އޭގެ އަގާއި، ކަސްޓަމަރުން ރައްދު ކުރާ ކޮތަޅުގެ ހިސާބާއި ފިހާރައިގައި ބޭނުން ކުރާ އެހެނިހެން ކޮތަޅުގެ ރެކޯޑް ކޮންމެ ދުވަހަކު ވެސް ވަކިން ބަލަހައްޓަން ޖެހޭނެކަމަށެވެ.
އޭގެ އިތުރުން، ރެކޯޑް ބެލެހެއްޓުމުގައި ވިޔަފާރިއަކުން ކޮތަޅު ގަންނަ ސަޕްލަޔަރުގެ ބައެއް މައުލޫމާތުތައް ވެސް ހިމަނަންޖެހެއެވެ. އޭގެ ތެރޭގައި ގަތް ނުވަތަ ހިލޭ ލިބުނު ކޮތަޅުގެ އަދަދާއި ސަޕްލަޔަރުގެ ޓިން ނަމްބަރާއި އިންވޮއިސްގެ ކޮޕީއެއް ހިމެނެއެވެ. ޕްލާސްޓިކް ކޮތަޅުގެ ރެކޯޑް ބަލަހައްޓާނީ އެ ވިޔަފާރިއެއްގެ އެހެނިހެން ރެކޯޑްތަކާ މުޅިން ވަކިން ކަމަށް ވެސް އެ ގަވާއިދުގައި ބުނެ އެވެ.
ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ފިހާރަތަކުން ދޭ ކޮންމެ ޕްލާސްޓިކު ކޮތަޅަކަށް ދެ ރުފިޔާގެ ލެވީއެއް ނަގަން ފެށީ މިއަދުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު