މުޙައްމަދު ޔާސިރު މޫސާ   19 އޭޕްރީލު 2023 - 1:1
ލިސަންޑްރޯ މާޓިނޭޒް އޮޕަރޭޝަނަށްފަހު
ލިސަންޑްރޯ މާޓިނޭޒް އޮޕަރޭޝަނަށްފަހު
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އޮޕަރޭޝަނެއް ކޮށްފިއެވެ.

މާޓިނޭޒް އޮޕަރޭޝަން ކުރީ ފަޔަށް ލިބުނު އަނިޔާއަކުން ސަލާމަތްވުމަށެވެ. އޭނާއަށް އަނިޔާވީ ޔޫރަޕާ ލީގުގައި ސެވިއްޔާ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިންނެވެ. އެމެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

އޮޕަރޭޝަން ކުރުމަށްފަހު އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯއަކާއެކު މާޓިނޭޒް ބުނީ ކާމިޔާބުކަމާއެކު އޮޕަރޭޝަން ނިންމާލެވިފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ސަމަލުކަން ހުރީ އަވަހަށް ރިކަވާ ވުމަށް ކަމަށެވެ.

މާޓިނޭޒްގެ އޮޕަރޭޝަނާއެކު މި ސީޒަންގެ ބާކީ އެއްވެސް މެޗެއް އޭނާއަށް ނުކުޅެވޭނެއެވެ. މި ސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން އޭނާ ވަނީ 45 މެޗު ޔުނައިޓެޑަށް ކުޅެދީފައެވެ.

މި ދަނޑިވަޅުގައި މާޓިނޭޒަށް އަނިޔާވުމަކީ ޔުނައިޓެޑަށް ލިބުނު ހާސްކަމަކަށް ވާނެއެވެ. އެޓީމުން އަންނަނީ މި ސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ތިންވަނަ ހާސިލްކުރުމަށް ވާދަކުރަމުންނެވެ. މީގެ އިތުރުން އެފްއޭ ކަޕާއި ޔޫރަޕާ ލީގު ކާމިޔާބުކުރުމުގެ ފުރުސަތުވެސް ޔުނައިޓެޑަށް އެބައޮތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން