އިނގިރޭސިވިލާތުގެ ކްލަބް މެންޗެސްޓަރ ސިޓީގެ ސްޓޭޑިއަމް ބޮޑު ކުރުމަށް ޕްލޭނިންގ އެޕްލިކޭޝަނެއް މެންޗެސްޓަރ ސިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ.
އިއްތިހާދު ސްޓޭޑިއަމް މިހާރު ހަދާފައިވަނީ 53،400 މީހުންގެ ޖާގައަށެވެ. ނަމަވެސް ސްޓޭޑިއަމް ބޮޑުކުރުމަށްފަހު 60،000 މީހުންނަށް މެޗު ބަލަން ދަނޑަށް ވަދެވޭނެއެވެ. މި މަސައްކަތަށް 300 މިލިއަން ޕައުންޑު ޚަރަދުވާނެކަމަށް ކްލަބުން އަންދާޒާ ކުރެއެވެ.
މި ޕްރޮޕޯސަލްގައި ވަގޮތުން ސްޓޭޑިއަމް ހަދާ ނިމޭއިރު ސްކައިބާ އަކާއި ސްޓޭޑިއަމް ރޫފްޓޮޕެއް ހުންނާނެއެވެ. މީގެ އިތުރުން 3،000 މީހުންގެ ޖާގައިގެ ފޭން ޒޯނަކާއި، އައު ކްލަބް ޝޮޕަކާއި، މިއުޒިއަމެއްގެ އިތުރުން 400 އެނދުގެ ހޮޓަލެއްވެސް މި ސްޓޭޑިއަމްއާއެކު ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.
ކްލަބުން ބުނާ ގޮތުގައި މި މަސައްކަތާއެކު މުޅި މެންޗެސްޓަރގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެއެވެ. އެގޮތުން މި މަސައްކަތާއެކު 2،600 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށްވެސް ކްލަބުން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު