މުޙައްމަދު ޔާސިރު މޫސާ   19 އޭޕްރީލު 2023 - 7:22
ރެއާލް އާއި ޗެލްސީ ބައްދަލުކުރި ކުއާޓާ ފައިނަލް މެޗުގެ ތެރެއިން, ފޮޓޯ: ގެޓި އިމޭޖަސް
ރެއާލް އާއި ޗެލްސީ ބައްދަލުކުރި ކުއާޓާ ފައިނަލް މެޗުގެ ތެރެއިން, ފޮޓޯ: ގެޓި އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އޭސީ މިލާން, މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރެއާލްއިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކުއާޓާ ފައިނަލުގައި ޗެލްސީ ބަލިކޮށްގެންނެވެ. ކުއާޓާގެ ފުރަތަމަ ލެގު ނިމުނީ 2-0ން ރެއާލް މޮޅުވެގެންނެވެ. އޭގެ ފަހުން އަންގާރަ ދުވަހުގެރޭ ޗެލްސީ އާއި ބައްދަލުކުރި ކުއާޓާ ފައިނަލުގެ ދެވަނަ މެޗުވެސް ރެއާލްއިން ކާމިޔާބުކުރީ ހަމަ މި ނަތީޖާއިންނެވެ.

ޗެލްސީގެ ދަނޑުގައި ދެވަނަ މެޗަށް ނުކުން އިރުވެސް އެޓީމު އޮތީ އެގްރިގޭޓުން ދެލަނޑުގެ ބައްޔެއްގައެވެ. އެހެންކަމުން އެޓީމުން ވަނީ މެޗު ފެށުނީއްސުރެ ކުރިއަށް ޖެހިގެން ލަނޑު ޖަހަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ރެއާލްގެ ގޯލު ފޫއަޅުވާލެވޭގޮތް ނުވީއެވެ. މެޗުގެ ދެލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ދެލަނޑުވެސް ޖަހައިދިނީ ރޮޑްރިގޯއެވެ.

ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި އަންގާރަ ދުވަހުގެރޭ ބައްދަލުކުރީ އޭސީ މިލާނާއި ނަޕޯލީއެވެ. މި މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ރެއާލްއިންނެވެ. އެއީ ލެއާއޯގެ އެހީތެރިކަމާއެކު އޮލިވިއޭ ޖިރޫޑް ޖަހައިދިން ލަނޑެކެވެ. އޭގެ ކުރިން ޖިރޫޑް ޖެހި ޕެނަލްޓީ ނާކާމިޔާބުވީއެވެ. ނަޕޯލީން ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އޮޝީމެންއެވެ. އޭގެ ކުރިން ނަޕޯލީއަށްވެސް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ކްވަރަސްޚެލިއާ ޖެހި ޕެނަލްޓީވެސް ނާކާމިޔާބުވީއެވެ.

މިލާނުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މި ދެޓީމު ބައްދަލުކުރި މެޗު 1-0ން ކާމިޔާބުކުރީ މިލާނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން