މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި މިރޭ ބަޔާން މިއުނިކާއި ކުރިމަތިލާނީ އެޓީމުގެ ތާރީޚަށް ވިސްނައިގެން ނޫން ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގާޑިއޯލާ ބުނީ އެޓީމުން ކުރިމަތިލާނީ ބަޔާންގެ 11 ކުޅުންތެރިންނާ ކަމަށެވެ. އަދި ބަޔާންގެ ތާރީޚާއި މެދު ނުވިސްނާނެ ކަމަށެވެ. ގާޑިއޯލާ މިހެން ބުނިއިރު، ބަޔާން މިއުނިކުން ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ހަފަހަރު އުފުލާލާފައެވެ. މެންޗެސްޓަރ ސިޓީއަށް މިހާތަނަށް މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. 2021 ވަނަ އަހަރު ފައިނަލުގައި ޗެލްސީ އަތުން ބަލިވިއިރު، އެންމެ ފަހު މުބާރާތުން ކެޓީ ސެމީ ފައިނަލުގައި ޗެމްޕިއަން ރެއާލް މެޑްރިޑް އަތުން ބަލިވުމުންނެވެ.

މީގެ ކުރިން ބަޔާންއަށްވެސް ކޯޗުކޮށްދިން ގާޑިއޯލާ ބުނީ ފުރަތަމަ ލެގުގައި ފައިދާ ތިން ގޯލު އޮތުމަކީ މި މެޗަށް ނުކުންނައިރު އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ނަމަވެސް ބަޔާންގެ ދަނޑުގައި މިރޭ ކުޅޭ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެކަން އޭނާ ފާހަގަކުރިއެވެ.

ބަޔާންއާއި ސިޓީ ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން