ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުެ ދެވަނަ މެޗުގައި ވަރުގަދަ މެންޗެސްޓަރ ސިޓީ ބަލިކުރުމަކީ ނުވާނެކަމެއް ނޫން ކަމަށާއި، ނަމަވެސް އެއީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށް ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗޭލް ބުނެފިއެވެ.
މިރޭގެ މެޗަށް ނުކުންނައިރު ބަޔާން ވަނީ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި 3-0ން މެންޗެސްޓަރ ސިޓީ ކައިރިން ބަލިވެފައެވެ. އެހެންކަމުން ސެމީ ފައިނަލުގެ ޖާގައެއް ބޭނުން ނަމަ ބަޔާންއަށް ޖެހޭނީ މިރޭގެ މެޗުގައި އެންމެ ކުދަވެގެން ތިން ލަނޑުގެ ތަފާތުން މެންޗެސްޓަރ ސިޓީ ބަލިކުރާށެވެ.
މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ބަޔާންގެ ކޯޗު ޓުޗޭލް ބުނީ މިރޭގެ މެޗުގައި ސިޓީގެ މައްޗަށް ކުރިހޯދައި ސެމީފައިނަލަށް ދާން ބޭނުންނަމަ ބަޔާންއިން ޖެހޭނީ ޖާދުލެއް ހަދަން ކަމަށެވެ. އަދި މެންޗެސްޓަރ ސިޓީ މިހާރު އޮތީ ވަރަށް ރަނގަޅު ފޯމެއްގައިކަމުން އެޓީމު ބަލިކުރުމަކީ ދަތިކަމަކަށް ވާނޭކަން ޓުޗޭލް ފާހަގަކުރިއެވެ.
ނަމަވެސް މިރޭގެ މެޗަށް ނުކުންނައިރު ބަޔާންއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެޓީމުގެ ޓޮޕް ސްކޯރަރ އެރިކް ޗޮޕޫ މޯޓިންގެ ކަކުލަށް ލިބުނު އަނިޔާއިން ފަސޭހަވެ މިރޭގެ މެޗުގައި އޭނާއަށް ކުޅެވުމުވެ. މީގެ އިތުރުން ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުނު ސަޑިއޯ މާނޭއަށްވެސް މިރޭގެ މެޗުގައި ކުޅެވޭނެއެވެ.
ޗެލްސީއަށްވެސް މީގެ ކުރިން އިރުޝާދުދިން ޓުޗޭލް ބުނީ މިރޭގެ މެޗުން މޮޅުވެ ބަޔާން ސެމީ ފައިނަލަށް ދާނޭ ކަމަށް އުންމީދުކުރާ ކަމަށެވެ. ނަމަވެސް އެކަން ވާން އޮތީ ދެ ހާފުގައިވެސް ޓީމުން އާދަޔާއި ޚިލާފު މޮޅު ކުޅުމެއް ދައްކައިގެން ކަމަށެވެ. މީގެ އިތުރުން ނަސީބަކީވެސް މި މެޗުގައި ބަޔާންއަށް ވަރަށް މުހިންމު އެއްޗެއްގެ ގޮތުގައި ޓުޗޭލް ފާހަގަކުރިއެވެ.
މެންޗެސްޓަރ ސިޓީ އާއި ބަޔާން މިއުނިކް ބައްދަލުކުރާ ކުއާޓާ ފައިނަލުގެ ދެވަނަ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު