އީގަލްސް އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން, ފޮޓޯ: ޕްރެޒިޑެންޓްސް ކަޕް
އީގަލްސް އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން, ފޮޓޯ: ޕްރެޒިޑެންޓްސް ކަޕް
ޕްރެޒިޑެންޓްސް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު 4-2ން އީގަލްސް ކާމިޔާބުކޮށްފިއެވެ.

މިރޭ ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ ފުރަތަމަ ހާފުގައި ސަސްއިން ދެލަނޑުގެ ލީޑެއް ނަގާފައިވަނިކޮށެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ސަސްއަށް ލީޑު ނަގައިދިނީ ޓީމުގެ ކެޕްޓަން އަލީ އަޝްފާޤް (ދަގަނޑޭ) އެވެ. މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސަސްގެ ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ އައިހަމް އަހްމަދެވެ.

އީގަލްސްއިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގައި ފަހަތުންއަރާ ހަތަރު ލަނޑު ޖަހައިގެންނެވެ. އީގަލްސްގެ ލަނޑުތައް ޖަހައިދިނީ އީވާން ކާލޯސް, އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ), އިމްރާން ނަޝީދު އަދި އަހްމދު ރިޒުވާން (ރިޒޭ) އެވެ. ރިޒޭ ލަނޑުޖެހީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މި ނަތީޖާއާއެކު މި ގްރޫޕްން ސެމީ ފައިނަލަށް ދަތުރުކުރާ ޓީމުތައް ކަށަވަރުވާނީ އީގަލްސް އާއި ވެލެންސިއާ ބައްދަލުކުރާ ގްރޫޕްގެ ފަހު މެޗުންނެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ސަސް ވަނީ 5-0ން އީގަލްސް ބަލިކޮށްފައެވެ.

މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކުލަބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން