މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މިހާރު އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަންނަނީ ހަމައެކަނި ބަނޑޭރި ޕޭއިން ކަމަށެވެ. އެގޮތުން ބަނޑޭރިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ ފަހު ދުވަހުގެ ހަވީރު 6:00 އާއި ހަމައަށް ފިޠުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ ހަވީރު 5:30އާ ހަމައަށް މިނިސްޓްރީގެ ހޯލުން ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި ގޮވާމުން ފިޠުރު ޒަކާތް ދެއްކުން ކުރިއަށްދާނީ މިރޭ 22:30އާ ހަމައަށް މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލުންނެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ މިހިނގާ 1444 ވަނަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މިހާތަަނަށް 6،108،560 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު