ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް ބަލިކުރި މެންޗެސްޓަރ ސިޓީއަށް ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާއި ވާދަކުރަން ޖެހިއްޖެއެވެ.
ބަޔާން އާއި ސިޓީ ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ ލެގު ނިމުނީ 1-1ން އެއްވަރު ވެގެންނެވެ. ސިޓީ ސެމީ ފައިނަލަށް ދަތުރުކުރީ އެގްރިގޭޓުން ކުރި ލިބުމުންނެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ސިޓީން ވަނީ ބަޔާން ކޮޅަށް ތިން ލަނޑު ޖަހާފައެވެ. އެމެޗުގައި ބަޔާންއަށް އެއްވެސް ލަނޑެެއް ނުޖެހެއެވެ.
އެހެން ކަމުން ރޭގެ މެޗަށް ނުކުތް އިރުވެސް ބަޔާން އޮތީ ވަރަށް ބޮޑަށް ޕްރެޝަރުގައެވެ. އާދަޔާއި ޚިލާފު ނަތީޖާއެއް ނެރެގެން ނޫނީ ސެމީގެ ޖާގަ ލިބެން ނެތުމުން ބަޔާންއިން ވަނީ ގިނަ އެޓޭކްތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސިޓީގެ އާލިން ހާލަންޑަށެވެ. ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސިޓީންނެވެ. މިއީ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ހާލަންޑު ޖެހި ހިތްގައިމު ލަނޑެކެވެ. ލިބުނު ޕެނަލްޓީއެއްގައި ބަޔާންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހޯޝުއާ ކިމިޗްއެވެ.
ބަޔާން ބަލިކޮށް ސިޓީން ސެމީ ފައިނަލުގެ ޖާގަ ހޯދިއިރު ސެމީ ފައިނަލުގައި އެޓީމު ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުންވެސް ސިޓީ ކެޓީ ސެމީ ފައިނަލުގައި ރެއާލް އަތުން ބަލިވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު