މާޒިޔާ އާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން, ފޮޓޯ: ޕްރެޒިޑެންޓްސް ކަޕް
މާޒިޔާ އާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން, ފޮޓޯ: ޕްރެޒިޑެންޓްސް ކަޕް
މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ ސްޕޯޓްސް ކްލަބުގެ މައްޗަށް ހޯދި ތާރީޚި މޮޅާއެކު ބުރު ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

މިއީ ބުރުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ, ހޯދި ފުރަތަމަ މޮޅެވެ. ފުރަތަމަ ޑިވިޝަންގައި ބުރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީސީއާއެވެ. އެމެޗު ކާމިޔާބުކުރީ ޓީސީންނެވެ. ބުރުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ގައުމީ ސްކޮޑު ގޮވައިގެން ނުކުތް މާޒިޔާގެ މައްޗަށް 2-1ން ކުރި ހޯދައިގެންނެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް ބުރުންނެވެ. ބުރުގެ ފުރަތަމަ ލަނޑަކީ މާޒިޔާގެ އެޑްގާޑް ޒާސްކިސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ 1-0ން ބުރު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 55 ވަނަ މިނެޓުގައި މާޒިޔާއިން ލަނޑެއް ޖެހިއެވެ. ނަމަވެސް ލަނޑު ޖެހުމުގެ ކުރިން ބުރުގެ ކީޕަރަށް މާޒިޔާގެ ކުޅުންތެރިއަކު ފައުލްކުރިކަމަށް ނިންމާ ރެފްރީ ވަނީ އެލަނޑު ބަލައިނުގަނެފައެވެ. ބުރުގެ ދެވަލަނޑު މެޗުގެ 75 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ޝާވިންއެވެ. ނަމަވެސް ބުރުން ލަނޑުޖެހިތާ އިރުކޮޅެއްގެ ތެރޭގައި މާޒިޔާއިން ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ޖަހައިދިނީ އިބްރާހިމް އައިސަމްއެވެ.

މި ނަތީޖާއާއެކު މި ގްރޫޕްގެ ތިން ޓީމުންވެސް ވަނީ އެއް މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓު ހޯދާފައެވެ. ޓީސީ އަތުން ބުރު ބަލިވީ 1-0ންނެވެ. މާޒިޔާއިން ޓީސީގެ މައްޗަށް ކުރިހޯދީ 2-0ންނެވެ. އެހެންކަމުން ޕޮއިންޓުގެ ގޮތުން ތިން ޓީމު އެއްވަރުވުމުން, ސެމީ ފައިނަލަށް ދަތުރުކުރި ދެޓީމު ކަނޑައެޅީ ފައިދާ ގޯލުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން