ޔޫރަޕާ ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް, ސެވިއްޔާއިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު ނިމުނީ 2-2ން އެއްވަރު ވެގެންނެވެ. އެމެޗުގައި ސެވިއްޔާއިން ނަތީޖާ ހަމަހަމަކުރީ ޔުނައިޓެޑުން ދެލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުންއަރާ ދެލަނޑު ޖަހައިގެންނެވެ. ޔުނައިޓެޑް މުބާރާތުން ކެޓީ ބުރާސްފަތި ދުވަހުގެރޭ ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި 3-0ން ސެވިއްޔާ އަތުން ބަލިވުމުންނެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ޔޫސުފް އެން-ނެސީރީ ދެލަނޑު ޖެހިއެވެ. އެއީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އާއި ކީޕަރު ޑޭވިޑް ޑެހެއާއަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައިގެން އޭނާ ޖެހި ލަނޑުތަކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެވިއްޔާގެ ލޫކަސް އޯކަމްޕޯސް ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމާ އެލަނޑު ބަލައިނުގަނެފައެވެ. ސެވިއްޔާގެ ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ލޮއިކް ބާޑޭއެވެ.
މި ނަތީޖާއާއެކު ސެވިއްޔާއިން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ އެގްރިގޭޓުން 5-2 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު ކޮންމެ ޓީމަކަށްވެސް މޮޅުވެގެން ސެމީގެ ޖާގަ ހޯދެން އޮތެވެ. ނަމަވެސް ފުރަތަމަ ލެގެކޭ އެއްގޮތަށް ދެވަނަ ލެގުގައިވެސް ޔުނައިޓެޑުގެ ޑިފެންސް ލައިނުން ގިނަ ގޯސްތަކެއް ހެދިއެވެ.
ސެމީ ފައިނަލުގައި ސެވިއްޔާ ވާދަކުރަން ޖެހޭނީ ޔުވެންޓަސްއާއެވެ. ސެމީގެ އަނެއް މެޗުގައި ބައްދަލުކުރާނީ އޭއެސް ރޯމާ އާއި ބަޔާ ލެވަކޫސަންއެވެ.

ކިޔުންތެރިންގެ ހިޔާލު