މުބާރާތުގެ ފުރަތަމަ މެޗްގެ ތެރެއިން | ފޮޓޯ: ޒިމީނިއޯގްރެފީ
މުބާރާތުގެ ފުރަތަމަ މެޗްގެ ތެރެއިން | ފޮޓޯ: ޒިމީނިއޯގްރެފީ
ޢުމުރުން 35 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން މ.މަޑުއްވަރީގައި ކުރިއަށް ގެންދާ މައިސްޓްރޯ ކަޕް 2023 އިއްޔެ ހަވީރު ފަށައިފިއެވެ.

މި މުބާރާތަކީ މ. މަޑުއްވަރީގެ ޢުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް ކުޅިވަރުގެ ތެރެއިން ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުބާރާތެއްކަމަށް މި މުބާރާތް އިންތިޒާމް ކުރަށްވާ މ. މަޑުއްވަރީ ކައުންސިލް މެންބަރ އިބްރާހިމް އަސްލަމް ޢަލީ ވިދާޅުވިއެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

މ. މަޑުއްވަރީ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދާ މައިސްޓްރޯ ކަޕް 2023 ޝަރަފްވެރިކޮށްދެއްވީ ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިކްރާމް ޙަސަންއެވެ. މި ރަސްމިއްޔާތުގައި އިކްރާމް ވިދާޅުވީ 35 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ކުރިއަށް ގެންދިއުމަކީ ރަށުގެ އިޖްތިމާޢީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.

ޖުމްލަ 4 ޓީމް ވާދަކުރާ މިމުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ވާދަކޮށްފައިވަނީ ނޯޓީ 35 އާއި ނޯ-ޓީ ބޯއިސް އެވެ. މިމެޗް 5 ލަނޑު 3 ލަނޑުން ކާމިޔާބު ކުރީ ނޯ-ޓީ ބޯއިސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނޯ-ޓީ ބޯއިސްއަށް 3 ގޯލް ކާމިޔާބުކޮށްދިން ޙަސަން ނިއުޝާދެވެ.



މުބާރާތުގެ ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ މަޑުއްވަރީ މުސްކުޅި ބޯއިސް އާއި މަޑުއްވަރީ މުސްކުޅި ބަޑީސްއެވެ. މި ދެޓީމްގެ ކުރިމަތިލުން 12 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ މުސްކުޅި ބޯއިސްގެ ޓީމެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުސްކުޅި ބޯއިސްގެ ޓީމަށް 5 ގޯލް ކާމިޔާބު ކޮށްދިން ޝަމީމް ޢަލީ އެވެ.

މި މުބާރާތުގައި މިރޭވެސް ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ 8:30 ގައި މަޑުއްވަރީ މުސްކުޅި ބަޑީސް އާއި ނޯޓީ 35 ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މިރޭ 9:30 ގައި ނޯ-ޓީ ބޯއިސް ނިކުންނާނީ މަޑުއްވަރީ މުސްކުޅި ބޯއިސް އާ ދެކޮޅަށެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް މަޑުއްވަރީ މައިސްޓްރޯ ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ރަސް އޮންލައިން އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން