އިނގިރޭސި ޕްރިމިއަރ ލީގުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނ މެޗު ކާމިޔާބުކޮށް, ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާއި ގާތަށް ޖެހިލައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ ރެލިގޭޝަން ޒޯނުގައި އޮތް ނޮޓިިންހަމްއާއި ވާދަކުރި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-2ންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. ފަބީނިއޯގެ އެހީތެރިކަމާއެކު ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިއޭގޯ ޖޮޓާއެވެ.
ނަމަވެސް އޭގެ ތިން މިނެޓު ފަހުން ނޮޓިންހަމްގެ ވިލިއަމްސް ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ލިވަޕޫލަށް ދެވަނަ ފަހަރަށްވެސް ލީޑު ނަގައިދިނީ ޖޮޓާއެވެ. އޭގެ ފަހުން ނޮޓިންހަމްގެ ގިބްސް ވައިޓް ލަނޑެއްޖަހާ އަނެއްކާވެސް ނަތީޖާ އެއްވަރުކުރިއެވެ. ލިވަޕޫލް މޮޅުވި ލަނޑު އެޓީމަށް ޖަހައިދިނީ ޓީމުގެ ތަރި މުހައްމަދު ސަލާހުއެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އޮތީ 31 މެޗުން ލިބުނު 50 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތްވަނާގައެވެ. މެޗުން ބަލިވި ނޮޓިންހަމް 27 ޕޮއިންޓާއެކު އޮތީ ތާވަލުގެ ދެވަނައިން ފަހަތުގައެވެ. މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކުރަން ބޭނުން ނަމަ ލިވަޕޫލުން ލީގުގެ ގަދަ ހަތަރެއްގައި ހިމެނެން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު