މުޙައްމަދު ޔާސިރު މޫސާ   23 އޭޕްރީލު 2023 - 20:43
ރެއާލް އާއި ސެލްޓަވީގޯ ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް އާއި ސެލްޓަވީގޯ ބައްދަލުކުރި މެޗުގެ ތެރެއިން
ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯ ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނާގައި އޮތް ވާދަވެރި ބާސެލޯނާއާއި ފަރަގު ކުޑަކޮށްފިއެވެ.

ސެލްޓަ ވީގޯ މެޗުން މޮޅުވެގެން ރެއާލް ވަނީ 8 ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. އެއްވަނާގައި އޮތް ބާސެލޯނާއަށް 29 މެޗުން ލިބެނީ 73 ޕޮއިންޓެވެ. އެއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ރެއާލް ދެވަނާގައި އޮތީ 65 ޕޮއިންޓު ހޯދައިގެންނެވެ.

ނަމަވެސް މިރޭ އެތުލެޓިކޯ މެޑްރިޑާއި ބައްދަލުކުރާ މެޗު ކާމިޔާބުކޮށްގެން އަނެއްކާވެސް ލީޑު ފުޅާ ކުރުމުގެ ފުރުސަތު ބާސެލޯނާއަށް އެބައޮތެވެ. ތާވަލުގެ ތިންވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 29 މެޗުން ލިބެނީ 60 ޕޮއިންޓެވެ.

ހޮނިހިރު ދުވަހުގެރޭ ރެއާލްގެ ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0ންނެވެ. ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ރެއާލްއަށް ލީޑު ނަގައިދިނީ މާކޯ އަސެންސިއޯއެވެ. ދަނޑުގެ އަރިމަތިން ބޯޅަ ހިފައިގެން ވަދެ ވިނީޝިއަސް ޖޫނިއާރ ޖައްސާލި ބޯޅަ އަސެންސިއޯ ފޮނުވާލީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. ރެއާލްގެ ދެވަނަ ލަނޑު އެޓީމުން ޖެހީ މެޗުގެ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑުޖެހި އަސެންސިއޯ ނަގައިދިން ކޯނަރެއް ބޮލުންޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރެއާލްއަށް ލީޑު ފުޅާކޮށްދިނީ އެޑާ މިލިޓާއޯއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން