ޢުމުރުން 35 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން މ.މަޑުއްވަރީގައި ކުރިއަށް ގެންދާ މައިސްޓްރޯ ކަޕް 2023ގެ ދެވަނަ ރޭގެ މެޗްތަކަށްފަހު މުބާރާތުގެ ފޯރި އިތުރަށް ގަދަވެއްޖެއެވެ.
މި މުބާރާތަކީ މ. މަޑުއްވަރީގެ ޢުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް ކުޅިވަރުގެ ތެރެއިން ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުބާރާތެއްކަމަށް މި މުބާރާތް އިންތިޒާމް ކުރަށްވާ މ. މަޑުއްވަރީ ކައުންސިލް މެންބަރ އިބްރާހިމް އަސްލަމް ޢަލީ ވިދާޅުވިއެވެ.
ޖުމްލަ 4 ޓީމް ވާދަކުރާ މިމުބާރާތުގައި ރޭކުޅުނު ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ނޯޓީ 35 އާއި މ. މަޑުއްވަރީ މުސްކުޅި ބަޑީސްއެވެ. މިމެޗް 2 ލަނޑު 2 ލަނޑުން ވަނީ އެއްވަރުވެފައެވެ.
މި މެޗުގައި ނޯޓީ 35ގެ ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ އެޓީމްގެ ޙަލީމް ޢަލީ އާއި އަޙްމަދު ރާޝިދެވެ. މުސްކުޅި ބަޑީސްގެ ގޯލްތައް ކާމިޔާބު ކޮށްދިނީ މުޙައްމަދު އިސްމާޢީލާއި ޙުސައިން ފިރާޤެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަޑުއްވަރީ މުސްކުޅި ބަޑީސްގެ ޙުސައިން ފިރާޤެވެ.
ރޭގެ ދެވަނަ މެޗުގައި ވާދަކުރީ މަޑުއްވަރީ މުސްކުޅި ބޯއިސް އާއި ނޯ-ޓީ ބޯއިސްއެވެ. މި ދެޓީމްގެ ކުރިމަތިލުން 2 ލަނޑު 1 ލަނޑުން ކާމިޔާބު ކުރީ މުސްކުޅި ބޯއިސްގެ ޓީމެވެ.
މިމެޗުގައި ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ނޯ-ޓީ ބޯއިސްއެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޙަސަން ނިއުޝާދެވެ. މުސްކުޅި ބޯއިސްގެ ޓީމުގެ ފުރަތަމަ ގޯލަކީ ނޯ-ޓީ ބޯއިސްގެ އަޙްމަދު ވަސީމް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުން މުސްކުޅި ބޯއިސް މޮޅުކޮށްދިނުމަށް ގޯލް ޖަހާފައިވަނީ އަލީ ޝިޔާމެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުސްކުޅި ބޯއިސްގެ ޓީމްގެ މުޙައްމަދު ޢާޡިމް ޢަލީއެވެ.
މި މުބާރާތުގައި މިރޭވެސް ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ 8:30 ގައި މަޑުއްވަރީ މުސްކުޅި ބޯއިސް އާއި ނޯޓީ 35 ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މިރޭ 9:30 ގައި ނޯ-ޓީ ބޯއިސް ނިކުންނާނީ މަޑުއްވަރީ މުސްކުޅި ބަޑީސްއާ ދެކޮޅަށެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް މަޑުއްވަރީ މައިސްޓްރޯ ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ރަސް އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު