މުޙައްމަދު ޔާސިރު މޫސާ   23 އޭޕްރީލު 2023 - 22:49
ޑޯޓްމަންޑާއި ފްރޭކްފާޓް ބައްދަލުކުރި މެޗުގެ ތެރެއިން
ޑޯޓްމަންޑާއި ފްރޭކްފާޓް ބައްދަލުކުރި މެޗުގެ ތެރެއިން
ބުންޑެސްލީގާގައި އެންޓްރެކް ފްރޭކްފާޓާއި ބައްދަލުކުރި މެޗުން މޮޅުވެ ބޮރޫޝިޔާ ޑޯޓްމަންޑުންތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ދޯޓްމަންޑުގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 4-0ންނެވެ. ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޑޯޓްމަންޑަށް ލީޑު ނަގައިދިނީ ޖޫޑް ބެލިންހަމްއެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޑޯޓްމަންޑުން އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކުރިއެވެ. އަދެޔޭމީ ބޮލުން ދިން ޕާހެއް ގޯލަށް ފޮނުވާލައިގެން ލީޑު ފުޅާކޮށްދިނީ ޑޯންޔެލް މަލެންއެވެ.

ފުރަތަމަ ހާފު ނިމެނިކޮށް މެޓްސް ހަމެލްސްވެސް ޑޯޓްމަންޑަށް ލަނޑެއް ޖަހައިދިނެވެ. ޑޯޓްމަންޑްގެ ފަހު ލަނޑު މެޗުގެ ދެވަނަ ހާފުގައި ޖަހައިދިނީ ދެވަނަ ލަނޑުޖެހި މަލެންއެވެ.

މި ނަތީޖާއާއެކު ޑޯޓްމަންޑް ތާވަލުގެ އެއްވަނައަށް ޖެހިލީ 29 މެޗުން 60 ޕޮއިންޓު ހޯދައިގެންނެވެ. މި އަދަދަށް މެޗު ކުޅެގެން ދެވަނާގައި އޮތީ ވާދަވެރި ބަޔާން މިއުނިކެވެ. ބަޔާންއާއި މިއަންޒް ބައްދަލުކުރި މެޗުން ބަޔާން ބަލިވީ 3-1ންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން