ސްޕެނިޝް ލީގުގައި އެލްޗޭ ބަލިކޮށް ވެލެންސިއާއިން ރެލިގޭޝަން ޒޯނުން ކުރިއަށް ޖެހިލައިފިއެވެ.
އާދީއްތަ ދުވަހު އެލްޗޭ އާއި ދެކޮލަށް ނުކުތް އިރު ވެލެންސިއާ އޮތީ ރެލިގޭޝަން ޒޯނުގައެވެ. ނަމަވެސް ތާވަލުގެ ފުލުގައި އޮތް އެލްޗޭގެ މައްޗަށް 2-0ން ކުރިހޯދައި ވެލެންސިއާ ވަނީ ރެލިގޭޝަން ޒޯނުން ތާވަލުގެ ކުރިއަށް ޖެހިލާފައެވެ. '
އެލްޗޭގެ ދަނޑުގައި މިއަދު ކުޅުނު މެޗުގެ ދެލަނޑުވެސް ފެނުނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކަވާނީގެ އެހީތެރިކަމާއެކު ވެލެންސިއާއަށް ލީޑު ނަގައިދިނީ ސަމިއުލް ލީނޯއެވެ. ވެލެންސިއާގެ ދެވަނަ ލަނޑަކީ އެލްޗޭގެ ގޮންޒާލޯ ވާޑޫ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި ނަތީޖާއާއެކު ވެލެންސިއާ އޮތީ 30 މެޗުން ލިބުނު 30 ޕޮއިންޓާއެކު ތާވަލުގެ 17 ވަނާގައެވެ. ފުލުގައި އޮތް އެލްޗޭއަށް 30 މެޗުން ލިބެނީ 13 ޕޮއިންޓެވެ. ލީގު ތާވަލުގެ އެންމެ ކުރީގައި އޮތީ ބާސެލޯނާއެވެ.

ކިޔުންތެރިންގެ ހިޔާލު