އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމްގެ މައްޗަށް ބޮޑު މޮޅެއް ހޯދާ ނިއުކާސަލް ޔުނައިޓެޑުން ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ނިއުކާސަލްގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 6-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައިވެސް ނިއުކާސަލްއިން ފަސް ލަނޑޫ ޖެހިއެވެ. މެޗުގެ ފުރަތަމަ މިނެޓުގައި ނިއުކާސަލްއަށް ލީޑު ނަގައިދިނީ ޖެކޮބް މާފީއެވެ. އޭގެ އިރުކޮޅެއް ފަހުން ޖޯލިންޓަން ވަނީ ޓޮޓެންހަމްގެ ކީޕަރުކައިރިންވެސް ނައްޓާލުމަށްފަހު ލަނޑުޖަހާ ނިއުކާސަލްއަށް ލީޑު ފުޅާކޮށްދީފައެވެ. ޖޯލިންޓަން ލަނޑުޖެހިތާ ދެމިނެޓު ފަހުން މާފީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. ނިއުކާސަލްއިން ދިޔައީ ފުރަތަމަ ހާފުގައި ހުއްޓުމެއް ނެތި ޓޮޓެންހަމްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއަކަށްވީ ތިން މިނެޓުގެ ތެރޭގައި އިތުރު ދެލަނޑުޖަހާ ނިއުކާސަލްގެ ލީޑު ފުޅާވުމެވެ. މި ދެލަނޑުވެސް އެޓީމަށް ޖަހައިދިނީ އަލެކްސެންޑަރ އިސާކްއެވެ.
ދެވަނަ ހާފުގައި ނިއުކާސަލްއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެލަމް ވިލްސަންއެވެ. ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ދެވަނަ ހާފު ފެށުނުތަނާ އެޓީމަށް ޖަހައިދިނީ ކެޕްޓަން ހެރީ ކޭންއެވެ.
މި ބޮޑު މޮޅާއެކު ނިއަކާސަލް ތާވަލުގެ ތިންވަނައަށް ޖެހިލީ ތިންވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްގެންނެވެ. ޔުނައިޓެޑާއި ނިއުކާސަލްއަށްވެސް ލިބެނީ 59 ޕޮއިންޓެވެ. ނިއުކާސަލް ވަނީ ޔުނައިޓެޑަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ. ތާޥަލުގެ ތިންވަނަ ލިބެނީ ފައިދާ ގޯލުންނެވެ. ލީގު ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ 32 މެޗުން 75 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ޓޮޓެންހަމް އޮތީ 32 މެޗުން ލިބުނު 53 ޕޮއިންޓާއެކު ފަސްވަނާގައެވެ.

ކިޔުންތެރިންގެ ހިޔާލު