ރައްޔިތުންނަށް ހެވެއްލިބެން އޮންނަ ކަމެއްގައި އެމްޑީޕީ އަރާނީ އޭގެ ދިމާ އިދިކޮޅަށް ކަމަށް މި ސަރުކާރުގެ ފުރަތަމަ ސައިންސް އެންޑް ޓެކޮނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީޙް މިމޭރުމުން ވިދާޅުވީ ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމަކީ ސަރުކާރުގެ ސިޔާސަތެެއް ކަމަށާއި ޕްލާސްޓިކް ކޮތަޅު އެތެރެކުރުން ކޮންޓްރޯލް ކުރެވޭނީ އުގޫބާތެއް ކަނޑައެޅުމުގެ ގޮތުން ޓެކްސް ބޮޑުކޮށްގެން ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ބޮޑުކުރަން ސަރުކާރުން ނިންމާފައިވަނީ އޮޅިގެން ނުވަތަ ނޭނގުމެއްގެތެރޭގައި ނޫން ކަމަށެވެ.
އެކަމާގުޅިގެން މަލީޙް ވިދާޅުވީ، ރައްޔިތުންނަށް ހެވެއް ލުޔެއް ލިބެން އޮންނަ ކަމެއްގައި އެމްޑީޕީ އަބަދުވެސް އަރާނީ އޭގެ ދިމާ އިދިކޮޅަށް ކަމަށެވެ. އެގޮތުން މީގެކުރިން ތިމާވެއްޓަށް ހެޔޮއެދޭތީ މުރަކަ މަރައި ފަޅުހިއްކަން ދެކޮޅުހެދުމަށްފަހު، މިއަދު އެމްޑީޕީއަށް އެކަންވެސް އޯކޭ ވެފައިވާކަމަށް މަލީޙް ވިދާޅުވިއެވެ.
"މީ ސީދާ ދެބޯގެރި ވާނުވާ ނޭގޭ ވިކިފަ ތިބި ޕާޓީއެއް. ރައްޔިތުން މިވެރިން ގިއްގަޅުވާލަން ޖެހޭ." މަލީޙް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށެވެ. ހަމައެއާއެކު ސަރުކާރުގެ ސިޔާސަތު ލާހޫރޭ ކަމީ އެމްޑީޕީއަށް ލިބޭ ބޮޑު ދެރައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ލާޒިމްކުރުމުން އެނިންމުމަށް އަމަލުކުރަން ފެށުމާއި ގުޅިގެން ހޯލްސޭލްކޮށް ކުރިން ކޮތަޅު ލިބޭ އަގު ވަނީ ހަތަރު ގުނަ ބޮޑުވެފައެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކޮތަޅުގެ އަގުބޮޑުވާން ދިމާވީ ޤާނޫނު ފާސްކުރިއިރު 50 ކޮތަޅު ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިން ފީ ނެގުން އިސްތިސްނާކޮށްފައި އޮތް މާއްދާ މަޖިލީހުން އުނިކުރުމުންކަމަށެވެ.
ޤާނޫނަށް ގެންނަ އިސްލާހާއެކު ކޮތަޅު އަގުބޮޑުވެގެން އުޅޭ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ކުނިމެނޭޖްކުރުމުގެ ޤާނޫނު އިސްލާހުކުރަން ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ބިލަށް ބަހުސްކުރަން މިއަދުގެ ޖަލްސާގައި ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު