ސްޕެނިޝް ލީގުގައި ޖިރޯނާއާއި ކުރިމަތިލާ މެޗުގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާ އަދި އެޑުއާޑޯ ކަމަވިންގާއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
މާދަމާ އޮންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެއާލްގެ ކޯޗު ކާލޯ އަންޗެލޯޓީ ވަނީ އެކަން ޔަގީންކޮށްދީފައެވެ. ދެކުޅުންތެރިންނަށްވެސް ނުކުޅެވެނީ އަނިޔާގެ ސަބަބުންނެވެ.
ނަމަވެސް މިއަންނަ ހޮނިހިރު ދުވަހު އަލްމޭރިއާ އާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް މި ދެކުޅުންތެރިންވެސް ފިޓްވާނެކަމަށް އަންޗެލޯޓީ ލަފާކުރެއެވެ. މި ދެކުޅުންތެރިންނަކީވެސް ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މެންޗެސްޓަރ ސިޓީ އަދި ކޮޕަ ޑެލްރޭގެ ފައިނަލުގައި އޮސަސޫނާއާއި ރެއާލް ބައްދަލުކުރާ މެޗަށް ނުހަނު މުހިންމު ދެކުޅުންތެރިންނެވެ. މީގެ އިތުރުން, މިވަގުތު އަނިޔާގައި ހުރި ޑޭވިޑް އަލްބާވެސް އޮސަސޫނާގެ މެޗަށް ފިޓްވާނެކަމަށް އަންޗެލޯޓީ ބުންޏެވެ.
އަންޗެލޯޓީ ވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި ލީގު ކާމިޔާބު ކުރުމުގެ މުހިންމު ކަމަށްވެސް އަލިއަޅުވާލާފައެވެ. އޭނާ ބުނީ މިފަހަރުގެ ސްޕެނިޝް ލީގު ކާމިޔާބުކުރަން ބޭނުންނަމަ މިހާރު އަނިޔާގައިތިބި ކުޅުންތެރިންގެ ބޭނުން ހިފުން ވަރަށް މުހިންމު ކަމަށެވެ. އަދި މުހިންމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމަކީ ލީގު ކާމިޔާބުކުރަން އޮތް ގޮންޖެހުމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
ސްޕެނިޝް ލީގު ތާވަލުގެ އެއްވަނާގައި އޮތީ ވާދަވެރި ބާސެލޯނާއެވެ. 76 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް ރެއާލްއަށް ލިބެނީ 65 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު