މުޙައްމަދު ޔާސިރު މޫސާ   25 އޭޕްރީލު 2023 - 7:6
ކްލަބް އީގަލްސް
ކްލަބް އީގަލްސް
މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް, ކްލަބް އީގަލްސްއިން މުބާރާތުގެ ސމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

އީގަލްސްއިން މުބާރާތުގެ ސެމީގެ ޖާގަ ޔަގީންކުރީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކޮންމެ ގްރޫޕެއްގައިވެސް ހިމެނެނީ ތިން ޓީމެވެ. އީގަލްސްގެ އިތުރުން ގްރޫޕް އޭގައި ވާދަކުރީ ކްލަބު ވެލެންސިޔާ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ފުރަތަމަ މެޗުގައި އީގަލްސް ވަނީ ސަސްގެ މައްޗަށް ކުރިހޯދާފައެވެ. މި ގްރޫޕުން ސެމީގެ ދެވަނަ ޖާގަ ހޯދީ ސަސްއެވެ. އެއީ ވެލެންސިޔާ ކައިރިން މޮޅުވެގެންނެވެ. ޒުވާން ޓީމަކާއެކު މިފަހަރުގެ މުބާރާތާއި ކުރިމަތިލި އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިޔާ ދެމެޗުންވެސް ބަލިވުމުން މުބާރާތުން ކެޓީއެވެ.

'

ގަލޮޅު ރަސްމީ ސްޓޭޑިއަމްގައި މިރޭ އީގަލްސްއާއި ވެލެންސިޔާ ވާދަކުރި މެޗު އީގަލްސްއިން ކާޏިޔާބުކުރީ 4-0 ންނެވެ. އީގަލްސްގެ ފުރަތަމަ ދެލަނޑު މެޗުގެ ފުރަތަމަ ހާފުގައި ޖަހައިދިނީ އިސްމާއިލް އީސާ (މެސީ) އެވެ. ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އީގަލްސްއަށް ލީޑު ފުޅާކޮށްދިނީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. އާިގަލްސްގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ހަސަންއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ބުރާސްފަތި ދުވަހުގެ ހަވީރު އީގަލްސް ވާދަކުރާނީ މިފަހަރު އަލަށް ދެވަނަ ޑިވިޝަނުން ޖާގަ ހޯދި ބުރު ސްޕޯޓްސް ކްލަބާއެވެ. ސެމީގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ސަސްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން