މުޙައްމަދު ޔާސިރު މޫސާ   25 އޭޕްރީލު 2023 - 7:45
ސައުދީ އަރަބިއްޔާގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލްނަސްރު, ކިންގ ކަޕް އޮފް ޗެމްޕިއަންސްއިން ކަޓައިފިއެވެ.

އަލްނަސްރު ކެޓީ ހޯމަ ދުވަހުގެރޭ ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގައި އަލްވަހްދާ އަތުން ބަލިވުމުންނެވެ. އަލް ވަހްދާއިން މެޗު ކާމިޔާބުކުރީ 1-0ންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި އަލްވަހްދާއަށް ޖަހައިދިނީ ޖީން ޑޭވިޑްއެވެ. އެއީ ބައިސިކަލް ކިކަކުން އޭނާ ފޮނުވާލި ހިތްގައިމު ބޯޅައެއް ގޯލަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ރޮނާލްޑޯއަށް ލިބުނެވެ. އެގޮތުން މަތިމަތިން ހުރަސްވި ބޯޅައެއް ރޮނާލްޑޯ ފައިން ފޮނުވާލި ނަމަވެސް އަމާޒުވީ އިދިކޮޅު ކީޕަރާއެވެ. އޭގެ ފަހުން ބޮލުން ފޮނުވާލި ހަމަލާވެސް ދިފާއުކުރީ އަލްވަހްދާގެ ކީޕަރެވެ. އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ބާރު ހަމަލާވެސް ދިމާވީ ގޯލުގެ ހުރަސް ދަނޑިއާއެވެ.

ބޮޑު އަގަކަށް ސައުދީގެ އަލްނަސްރަށް ބަދަކުވުމަށްފަހުވެސް އެދެވޭ ނަތީޖާއެއް ނުނެރެވޭތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ ރޮނާލްޑޯއަށް އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން