ސީރިއާއަށް އިފްތާރު ޕެކް ހަދިޔާކޮށް މުސްލިމް އަޚުވަންތަކަން ދިރުވައި އާލާކުރުމުގެ ނަމޫނާ ރެހެންދި ސްކޫލުން ދައްކައިދީފިއެވެ. މިސްކޫލުން ސީރިއާއަށް އިފްތާރު ޕެކް ހަދިޔާކުރުމަށް ހަވާލުކޮށްފައިވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއާއިއެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންއަކީ 2016 ވަނަ އަހަރުގައި އުފެދުނު، ބޭނުން ޖެހިފައިވާ އެކިއެކި ޤައުމުތަކުގެ މީހުންނަށް އެހީތެރިވުމަށް މަސައްކަތް ކުރާ ރާއްޖޭގައި ހިންގާ އެހީ ޖަމިއްޔާއެކެވެ.
އިންޓަރ ނޭޝަނަލް އެއިޑް ކެމްޕެއިން އިން އިއްޔެ ކޮށްފައިވާ ޕޯސްޓުގައިވާ ގޮތުން އެސްކޫލްގެ ދަރިވަރުންގެ ފަރާތުން 290 އިފްތާރު ޕެކް ސީރިޔާގެ ނިކަމެތިންނަށް ވަނީ ހަދިޔާކޮށްފައެވެ.
އަދި އެކުދިންގެ ފަރާތުން ލިބުނު މިއެހީތެރިކަން ފާހަގަކޮށް އެކުދިންނަށް ނިސްބަތްކޯށް "ރެހެންދި ސްކޫލްގެ ދަރިވަރުން މިވަނީ ވަރަށްވެސް ލޯބި ނަމޫނާއެއް ދައްކާފަ" މިހެން ލިޔެ އެޕޯސްޓުގައި ވަނީ ހިއްވަރު ދީފައެވެ.
އަދި މީގެ އިތުރުން ދަރިވަރުން ހަދިޔާކުރި ކޮންމެ ޕެކެއްގައި ވަނީވެސް އެކުދިންގެ ލޯބި ކަމަށާއި އެކުދިންގެ ހިތުގައި މުސްލިމް އަޚުންނާއި އުޚްތުންނަށް ލޯބި ވާކަންވެސް ދޭހަވާކަމަށް އެ ޕޯސްޓުގައި ލިޔެފައިވެއެވެ.
ދަރިވަރުންނަށް ލިބިފައިވާ ނިޢުމަތަކީ ކިހައި ބޮޑު ނިޢުމަތެއް ކަމަށް ވިސްނި އެކުދިންނަށް ލިބިފައިވި އެއްޗަކުން އެހެން މީހުންނަށް ހެޔޮ ފޯރުކޮށްދިނުމުގެ ވިސްނުމަކީ ވަރަށް ތަފާތު ވިސްނުމެއް ކަމަށާއި ސްކޫލްތަކުގެ ދަރިވަރުން، އެކުދިންނާ އެއްފުރާގެ ކުދިންގެ ނިކަމެތި ފަޤީރު ހާލަތު ފެނި، އަޅާލުން ދޭން ބޭނުންވުމަކީ ވަރަށް ތަފާތު ލޯތްބެއް ކަމަށް އެޖަމިއްޔާއިން ސިފަކޮށްފައިވެއެވެ.
ކޮންމެއަކަސް މިއީ ދަރިވަރުންގެ ހިތްތަކުގައި މުސްލުމުންގެ އަޚްވަންތަ ކަމާއި އެއްބައިވަންތަކަން އާލާކޮށްދޭނެ އަދި އަޅުގަނޑުމެންގެ މުސްތަޤުބަލުގެ ޒުވާނުން މިފަދަ ކަންކަމަށް އިސްނަގައި އެކަންކަމުގައި މަޝްއޫލުވެ އުޅުމަށް ސްކޫލް ދައުރުގައި ދަސްވެގެންދާނެ ތަޖުރިބާއެއްކަން ޔަގީނެވެ.
ރެހެންދި ސްކޫލުން މިފަހަރު ދައްކައިދީފައި މިވާ ނަމޫނާ އެހެން ސްކޫލްތަކުންވެސް ބަލައިގަނެ އެފަދަ ހަރަކާތްތައް ހިންގުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

ކިޔުންތެރިންގެ ހިޔާލު