މުބާރާތުގެ ޗެމްޕިއަންޓީމް މ. މަޑުއްވަރީ މުސްކުޅި ބޯއިސް | ފޮޓޯ: ޒިމީނިއޯގްރެފީ
މުބާރާތުގެ ޗެމްޕިއަންޓީމް މ. މަޑުއްވަރީ މުސްކުޅި ބޯއިސް | ފޮޓޯ: ޒިމީނިއޯގްރެފީ
ޢުމުރުން 35 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން މ.މަޑުއްވަރީގައި ކުރިއަށް ގެންދިޔަ މައިސްޓްރޯ ކަޕް 2023ގެ ޗެމްޕިއަންކަން މ. މަޑުއްވަރީ މުސްކުޅި ބޯއިސްގެ ޓީމުން ދިފާއުކޮށްފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން މ. މަޑުއްވަރީ މުސްކުޅި ބޯއިސް ހޯދާފައިވަނީ ފައިނަލް މެޗުގައި ނޯ-ޓީ ބޯއިސްއާ ވާދަކޮށް 7-1 ގެ ނަތީޖާއަކުންނެވެ. މިއީ މުސްކުޅި ބޯއިސް މި މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ދެ ވަނަ އަހަރެވެ.

މ. މަޑުއްވަރީ ފުޓްސަލް ދަނޑުގައި ރޭ 21:00 ގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި މ. މަޑުއްވަރީ މުސްކުޅި ބޯއިސްގެ ޝަމީމް ޢަލީ ތިން ގޯލު، ޢަލީ ޝިޔާމް ތިން ގޯލު، އަދި ޢަބްދުﷲ ނާފިޢު ގޯލެއް ޖަހާފައިވެއެވެ. ނޯ-ޓީ ބޯއިސްގެ ހަމައެކަނި ގޯލު ޖަހާފައިވަނީ ޙަސަން ނިއުޝާދެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މަޑުއްވަރީ މުސްކުޅި ބޯއިސްގެ ޝަމީމް ޢަލީއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް މިލްކުވާ ތަށި، ރަން މެޑަލް އަދި 3،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. ހަމައެއާއެކު، ރަނަރަޕް ޓީމަށް ރިހި މެޑަލާއި، 2،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.



މައިސްޓްރޯ ކަޕް 2023 ގައި އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްފައިވަނީ، މ. މަޑުއްވަރީ މުސްކުޅި ބޯއިސްގެ ޝަމީމް ޢަލީ އާއި ޢަލީ ޝިޔާމްއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ނޯޓީ 35އެވެ. މި މުބާރާތުގެ 45 އަހަރުންމަތީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ނޯ-ޓީ ބޯއިސްގެ މުޙައްމަދު ރިޔާޒް ހޮވިފައިވާއިރު، 35 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މ. މަޑުއްވަރީ މުސްކުޅި ބޯއިސްގެ މުޙައްމަދު ޢާޡިމް ޢަލީ އެވެ.

މުބާރާތުގެ ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ މ. މަޑުއްވަރީ މުސްކުޅި ބޯއިސްގެ ޝަމީމް ޢަލީ އަށެވެ.



މުބާރާތުގެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ މ. މަޑުއްވަރީ މުސްކުޅި ބޯއިސްގެ ޝަމީމް ޢަލީ އާއި، ޢަލީ ޝިޔާމް އާއި، ޙަސަން މަހާސީނާއި، ނޯ-ޓީ ބޯއިސްގެ ޙަސަން ނިއުޝާދު އާއި މުޚުތާރު މުޙައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ މ. މަޑުއްވަރީ މުސްކުޅި ބޯއިސްގެ ކޯޗް ރީހާން ޙުސައިންއެވެ.



މި މުބާރާތަކީ މ. މަޑުއްވަރީ ކައުންސިލް މެންބަރ އިބްރާހިމް އަސްލަމް ޢަލީ އިންތިޒާމު ކޮށްގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މައިސްޓްރޯ ކަޕްގެ ތިން ވަނަ މުބާރާތް 2024 ވަނަ އަހަރުގެ ފިޠްރު ޢީދު ބަންދުގައި ބާއްވާނެ ކަމަށް މުބާރާތް އިންތިޒާމް ކުރަށްވާ އަސްލަމް މަޢުލޫމާތުދެއްވިއެވެ.

"މައިސްޓްރޯ ކަޕް 2023" ގައި މި އަހަރު ހަތަރު ޓީމެއް ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ ހުރިހާ މެޗެއް މަޑުއްވަރީ މައިސްޓްރޯ ކަޕް ފޭސްބުކް ޕޭޖުން ލައިވް ކޮށްފައިވާއިރު، މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ރަސް އޮންލައިން އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން