ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ވާދަކުރި މެޗު ޖިރޯނާއިން ކާމިޔާބުކޮށްފިއެވެ.
ޖިރޯނާގެ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލްއާއި ވާދަކުރި މެޗު އެޓީމުން ކާމިޔާބުކުރީ 4-2ންނެވެ. އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗުގައި އެންމެ ބޮޑަށް ވިދާލީ ޖިރޯނާގެ ވެލެންޓިން ކަސްޓެލާނޯސްއެވެ. ޖިރޯނާގެ ހަތަރު ލަނޑުވެސް އެޓީމަށް ޖަހައިދިނީ ކަސްޓެލާނޯސްއެވެ. ފުރަތަމަ ހާފުގެ ކުރީކޮޅުގައި ޖިރޯނާއިން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން ރެއާލްގެ ވިނީޝިއުސް ޖޫނިއާ ވަނީ ލަނޑެއްޖަހާ ރެއާލްއަށް އުންމީދު ހޯދައިދީފައެވެ. އެކަމަކު ދެވަނަ ހާފު ފެށުނުތާ މާގިނައިރެއް ނުވަނީ ކަސްޓެލާނޯސް ވަނީ އިތުރު ދެލަނޑުޖަހާ ޖިރޯނާއަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ. ރެއާލްގެ ދެވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކުއޭޒްއެވެ.
މި މެޗަށް ރެއާލުން ނުކުތީ އެޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލައެވެ. އޭގެ ތެރޭގައި ޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާ، އެއް ނަންބަރު ކީޕަރު ތިބާއޫ ކޯޓުއާ، އެޑުއާޑޯ ކަމަވިންގާ، ފާލަންޑް މެންޑީ އަދި ޑޭވިޑް އަލަބާ ހިމެނެއެވެ.
މެޗުން ބަލިވުމާއެކު ތާވަލުގެ ދެވަނާގައި ރެއާލް އޮތީ 31 މެޗުން ލިބުނު 65 ޕޮއިންޓާއެކުއެވެ. ލީގު ތާވަލުގެ އެއްވަނާގައި ވާދަވެރި ބާސެލޯނާ އޮތީ ރެއާލްއަށްވުރެ އެއް މެޗު މަދުން ކުޅެގެން ލިބުނު 76 ޕޮއިންޓާއެކުއެވެ. އެހެންކަމުން މުބާރާތް ކާމިޔާބުކުރުމަށްޓަކައި ރެއާލް ކުރަންޖެހޭ މަސައްކަތް މިވަނީ ބޮޑުތަނުން އިތުރުވެފައެވެ. މެޗުން މޮޅުވި ޖިރޯނާ ތާވަލުގެ ނުވަ ވަނާގައި އޮތީ 41 ޕޮއިންޓު ހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު