މުޙައްމަދު ޔާސިރު މޫސާ   27 އޭޕްރީލު 2023 - 0:29
އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމާއި ވާދަކުރާ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރު ބްރޫނޯ ފެނާންޑޭޒްއަށް ކުޅެވިދާނެކަމާއި މެދު ޝައްކު އުފެދިއްޖެއެވެ.

ބްރޫނޯ ފެނާންޑޭޒްއަށް ޓޮޓެންހަމް މެޗު ގެއްލުމުގެ ބިރު އޮތީ އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި އޭނާއަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. އެމެޗުގެ ފުރަތަމަ ހާފުގައި އޭނާއަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.

ޓޮޓެންހަމް މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ބްރޫނޯ ފެނާންޑޭޒްގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އޭނާއަށް އެމެޗުގައި ކުޅެވޭނެކަމާއި މެދު ސުވާލު އުފެދިފައިވާ ކަމަށެވެ. މީގެ އިތުރުން އަނިޔާއިން ރަނގަޅުވެ ބްރޫނޯއަށް އަލުން ކުޅުމާއި ބައިވެރިވޭނެ ދުވަހެއް ޓެން ހާގް ނުބުނެއެވެ.

ބްރޫނޯ ވަނީ މި ސީޒަންގެ ޕްރިމިއަރ ލީގުގައި ޔުނައިޓެޑަށް ފަސް ލަނޑު ޖަހައިދިނީ ހަ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އަދި އޭނާއަކީ ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ އެއް ކުޅުންތެރިޔާއެވެ. އެހެންކަމުން ލީގު ތާވަލުގެ ހަތަރުވަނާގައި އޮތް ޔުނައިޓެޑަށް އޭނާގެ ބޭނުން ވަނީ ބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން