އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްއާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް, މެންޗެސްޓަރ ސިޓީން މުބާރާތުގެ ތައްޓާއި ގާތަށް ޖެހިލައިފިއެވެ.
އާސެނަލް އާއި ދެކޮޅަށް ނުކުތް އިރުވެސް ސިޓީއަށް އޮތީ މި މެޗު ކާމިޔާބުކުރަން ވަރަށް މުހިންމުވެފައެވެ. އެހެންކަމުން ސިޓީން ވަނީ މެޗު ފެށުނީއްސުރެ އާސެނަލްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ސިޓީގެ ކެވިން ޑިބްރައިން ލަނޑެއްޖަހާ އެޓީމަށް ލީޑު ނަގައިދިނުމެވެ.
އޭގެ ފަހުން, ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޯން ސްޓޯންސް ވަނީ ލަނޑެއްޖހާ ލީޑު ފުޅާކޮށްދީފައެވެ. ދެވަނަ ހާފުގައި ސިޓީގެ ތިންވަނަ ލަނޑުޖެހީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޑިބްރައިންއެވެ. މެޗުގެ އިތުރު ވަގުތުގައި ސިޓީގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ާލިން ބްރައުޓް ހާލަންޑެވެ. ސިޓީ މޮޅުވީ 4-1ންނެވެ. އާސެނަލްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބް ހޯލްޑިންގއެވެ.
މި މޮޅާއެކު ސިޓީއަށް ވަނީ ލީގު ކާމިޔާބު ކުރުމުގެ ފުރިހަމ ބާރު ލިބިފައެވެ. ސިޓީއަށްވުރެ ދެމެޗު އިތުރަށް ކުޅެގެން ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ 75 ޕޮއިންޓާއެކުއެވެ. ސިޓީ ދެވަނާގައި އޮތީ 31 މެޗުން 73 ޕޮއިންޓު ހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު