މުޙައްމަދު ޔާސިރު މޫސާ   28 އޭޕްރީލު 2023 - 3:26
އީގަލްސްއާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން ، ފޮޓޯ: އަދަދު
އީގަލްސްއާއި ބުރު ބައްދަލުކުރި މެޗުގެ ތެރެއިން ، ފޮޓޯ: އަދަދު
ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދާ ކްލަބު އީގަލްސްއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފައިނަލުގެ ފުރަތަމަ ޖާގަ ބުރުން ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގައި 2-1ން ބުރު ބަލިކޮށްގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް އީގަލްސްއިންނެވެ. ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އީގަލްސްގެ އީވާން ކާލޮސް ހުރަސްކޮށްދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން އީގަލްސްއަށް ލީޑު ނަގައިދިނީ އަހުމަދު ރިޒްވާން(ރިޒޭ) އެވެ. ފުރަތަމަ ހާފު ނިމުނީ އެއް ލަނޑުގެ ތަފާތުން އީގަލްސް ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި ބުރުގެ މުހައްމަދު ތަޝްނީމް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެއީ އީގަލްސްގެ އޭރިއާތެރެއިން ބުރުގެ އަހުމަދު ރަޝީދަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރުވެގެންނެވެ. އީގަލްސް މޮޅުވީ މެޗުގެ އިތުރު ވަގުތުގައި އެޓީމުން ޖެހި ލަނޑުންނެވެ. އީގަލްސް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒައިން ޒަފަރެވެ.

މި ނަތީޖާއާއެކު އީގަލްސް ވަނި ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. ފައިނަލުގައި އީގަލްސްއާއި ވާދަކުރާ ޓީމެއް ޔަގީން ވާނީ މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރާ ސެމީ ފައިނަލުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން