އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2ން އެއްވަރު ވެގެންނެވެ. ފުރަތަމަ ދެލަނޑުޖަހާ ރަނގަޅު ލީޑެއް ނެގީ ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ޖޭޑަން ސަންޗޯއެވެ. އޭގެ ފަހުން، ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ މާކަސް ރަޝްފޯޑެވެ.
ނަމަވެސް އައު ކޯޗަކާއެކު ކުޅުނު ފުރަތަމަ މެޗުގެ އޮއެވަރު ޓޮޓެންހަމުން ބަދަލުކޮށްލީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފެށިގެން ދިހަ މިނެޓުވީތަނާ ޕެޑްރޯ ޕޮޜޯ ވަނީ ލަނޑެއްޖަހާ ޓޮޓެންހަމްއަށް އުންމީދު ހޯދައިދީފައެވެ. ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދިނީ ސޮން ހިއުންގ މިންއެވެ. މި މެޗާއި ކުރިމަތިލިއިރުވެސް ޓޮޓެންހަމްއަށް ވަނީ މެޗު ކާމިޔާބުކުރުން ވަރަށް މުހިންމުވެފައެވެ. އެންމެ ފަހުން އެޓީމު ޕްރިމިއަރ ލީގުގައި ކުޅުނު މެޗުން ބަލިވީ 6-1ންނެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ހަތަރުވަނާގައި 60 ޕޮއިންޓު ހޯދައިގެންނެވެ. ޔުނައިޓެޑަށްވުރެ ހަ ޕޮއިންޓު މަދުން ލިބިގެން ޓޮޓެންހަމް އޮތީ ފަސްވަނާގައެވެ.

ކިޔުންތެރިންގެ ހިޔާލު