މުޙައްމަދު ޔާސިރު މޫސާ   28 އޭޕްރީލު 2023 - 21:1
ފޮޓޯ: މާޒިޔާ ސްޕޯޓްސް
ފޮޓޯ: މާޒިޔާ ސްޕޯޓްސް
މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ބޮޑު މޮޅެއް ހޯދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި ބުރާސްފަތި ދުވަހުގެރޭ މާޒިޔާ ވާދަކުރީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއެވެ. މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ ދެލަނޑު ޖަހާފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ނަގައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކެޕްޓަން ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ލަނޑެއްޖަހާ މާޒިޔާއަށް ލީޑު ފުޅާކޮށްދީފައެވެ.

މާޒިޔާގެ އަނެއް ހަލަނޑުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ލަނޑުޖެހި ހަމްޕު އާއި ހަންނަ ދެވަނަ ހާފުގައިވެސް ލަނޑު ޖެހިއެވެ. އޭގެ އިތުރުން މާޒިޔާގެ ލަނޑުތައް ޖެހީ މުހައްމަދު އިރުފާނު، ސްޓެފަން މިހަލޮވިޗް، ނާއިޒު ހަސަން އަދި އެޑްގަރަސް ޒާސްކިސްއެވެ.

ފައިނަލް މެޗުގައި މާޒިޔާ ބައްދަލުކުރާނީ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބުކުރީ ކްލަބް އީގަލްސްއާއެވެ. ބުރު ސްޕޯޓްސް ކްލަބުގެ މައްޗަށް އީގަލްސް ކުރިހޯދީ 2-1ންނެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިއަންނަ އަންގާރަ ދުވަހުގެރޭ 21:00 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން