މިހާރު ކުރިއަށްދާ 2022-23 ސީޒަން ނިމުމުގެ ކުރިން އެޓީމުގެ ކޯޗުކަމުން ފްރެންކް ލަމްޕާޑް ވަކި ނުކުރާނެކަމަށް ޗެލްސީން ބުނެފިއެވެ.
ޗެލްސީއަށް ކުރިން ކުޅުނު ލަމްޕާޑް އެޓީމާއި ހަވާލުވިފަހުން އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާތި ގިނަ ބައެއްގެ ފާޑުކިއުން އަންނަނީ އޭނާއަށް އަމާޒުވަމުންނެވެ. އަދި ކޯޗު ކަމުގެ މަގާމުން އޭނާ ވަކިކުރަން އުޅޭ ކަމަށްވެސް އަޑު ފެތުރުނެވެ. ނަމަވެސް ޗެލްސީން ވަނީ މި ސީޒަން ނިމެންދެން އެޓީމަށް ކޯޗުކޮށްދޭނީ ލަމްޕާޑްކަން ކަށަވަރުޮށްދީފައެވެ.
ޗެލްސީން ނެރެމުންދާ ދަށް ނަތީޖާތަކާއެކު އެޓީމަށް ވަނީ މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވާދަކުރެވޭނެކަމާމެދު ޝައްކު އުފެދިފައެވެ. އެޓީމަށް އެންމެ ފަހުން މޮޅެއް ލިބިފައިވަނީ މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ލެސްޓަރ ސިޓީއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. ޓީމާއި ލަމްޕާޑް ހަވާލުވިފަހުން މިހާތަނަށް ޗެލްސީ މޮޅުނުވެއެވެ.
ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް ޗެލްސީން އަންނަނީ މިއަންނަ ސީޒަނަށް ވާއިރަށް މައުރީސިއޯ ޕޮޗެޓީނޯ ކޯޗަކަށް ގެންނަން މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު