ރެއާލް މެޑްރިޑްގެ މެދުތެރެ ބަލަހައްޓަމުން އަންނަ ލުކަ މޮޑްރިޗަށް އެޓީމުގެ މުހިންމު މެޗުތަކެއް ގެއްލިދާނެކަމުގެ ބިރު އުފެދިއްޖެއެވެ.
ރެއާލުން ބުނީ މޮޑްރިޒްގެ ވާއަތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ކޮޕަ ޑެލް ރޭގެ ފައިނަލާއި, ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގައި މޮޑްރިޗަށް ނުކުޅެވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ކޮޕަ ޑެލް ރޭގެ ފައިނަލުގައި ރެއާލުން އޮސަސޫނާއާއި ދެކޮޅަށް ނުކުންނާނީ މެއި މަހުގެ ހަވަނަ ދުވަހުއެވެ. އަދި މެއި މަހުގެ ނުވަ ވަނަ ދުވަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ސިޓީއާއި ވާދަކުރަން ޖެހޭނެއެވެ.
މޮޑްރިޗަށް އަނިޔާވީ ސްޕެނިޝް ލީގުގައި ޖިރޯނާ އާއި ދެކޮޅަށް ރެއާލް ކުޅުނު މެޗުގައެވެ. ރެއާލްގެ ކޯޗު ކާލޯ އަންޗެލޯޓީ ބުނީ މޮޑްރިޗަށް މި ދެމެޗު ގެއްލުމަކީ ޓީމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު