ޕޯޗުގަލް ޓީމަށް ރޮނާލްޑޯއަކީ އަދިވެސް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި, ކުރިއަށް އޮތް ތަނުގައިވެސް ޓީމުގެ ސްކޮޑުގައި އޭނާ ހިމަނާނެ ކަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

މާޓީނޭޒް ބުނީ ރޮނާލްޑޯއަކީ ޓީމަށް ވަރަށް އަގުހުރި ކުޅުންތެރިއެއް ކަމަށާއި, މިދިޔަ މާޗު މަހު ކުޅުނު މެޗުތަކުގައިވެސް އޭނާ އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. ރޮނާލްޑޯ އަކީ ޓީމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެއްކަން ފާހަގަކޮށް މާޓިނޭޒްބުނީ އެގޮތުގައި އޭނާ ދެމިހުންނަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ގައުމީ ޓީމަށް 198 މެޗު ކުޅެދީފައިވާ ރޮނާލްޑޯގެ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް ޓީމަށް ހިފޭނެކަންވެސް މާޓިނޭޒް ފާހަގަކުރިއެވެ.

ހަމައެހެންމެ ދަނޑުން ބޭރުގައާއި ދަނޑުމަތީގައިވެސް ރޮނާލްޑޯއަކީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި ފާހަގަކުރެވޭ ކުޅުންތެރިއެއް ކަމަށާއި, އެހެންކަމުން ސްކޮޑުގައި އޭނާ ހިމެނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މާޓިނޭޒް ބުންޏެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނުމުން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވިއެވެ. އަދި މިފަހުން ސައުދީގެ ކިންގ ކަޕްގެ ސެމީ ފައިނަލުން ރޮނާޅްޑޯ ކުޅެމުން އަންނަ އަލް ނަސްރް ކެޓުމުން ގިނަ ބަޔަކު އަންނަނީ އޭނާގެ ކުރިމަގާއި މެދު ސުވާލު އުފައްދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން