ސްޕެނިޝް ލީގުގައި އަލްމޭރިއާ އާއި ވާދަކުރި މެޗުގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ބެންޒެމާ ހެދި ހެޓްރިކާއެކު އެޓީމުން މުހިންމު މޮޅެއް ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރީ 4-2ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ތިން ލަނޑު ޖެހިއެވެ. ފުރަތަމަ ހާފުގެ ތިން ލަނޑުވެސް ޖަހައިދިނީ ކެޕްޓަން ބެންޒެމާއެވެ. ބެންޒެމާގެ ފަހު ލަނޑަކީ ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ރެއާލުން ތިން ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް އަލްމޭރިއާއިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލާޖީ ރަމަޒާނީ ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން އަލްމޭރިއާއަށް ފަރަގު ކުޑަކޮށްދިނީ ލަޒާރޯ ވިނީޝިއޫސްއެވެ.
ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި ރެއާލުން އަނެއްކާވެސް ލަނޑެއްޖަހާ ލީޑު ފުޅާކުރިއެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ރޮޑްރިގޯއެވެ. އަލްމޭރިއާގެ ދެވަނަ ލަނޑު 61 މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ލުކާސް ރޮބާޓޯންއެވެ.
މި މޮޅާއެކު ރެއާލުން ވަނީ އެއްވަނާގައި އޮތް ބާސެލޯނާއާއި 11 ޕޮއިންޓަށް ކައިރިއަށް ޖެހިލާފައެވެ. ތާވަލުގެ އެއްވަނާގައި ބާސެލޯނާ އޮތީ 32 މެޗުން 79 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި އޮތް ރެއާލްއަށް މި އަދަދަށް މެޗު ކުޅެގެން ލިބެނީ 68 ޕޮއިންޓެވެ. ރެއާލް އަތުން ބަލިވި އަލްމޭރިއާ 33 ޕޮއިންޓާއެކު އޮތީ 16 ވަނާގައެވެ.

ކިޔުންތެރިންގެ ހިޔާލު