މެންޗެސްޓަރ ސިޓީގައި އޭނާގެ ލެގަސީ ދައްކުވައިދޭނީ ޓްރޮފީއަކުން ނޫން ކަމަށް އެކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ބުނީ ކްލަބުގައި އޭނާގެ ލެގަސީ ދައްކުވައިދޭނީ ޓްރޮފީއަކުން ނޫން ކަމަށާއި, އޭގެ ބަދަލުގައި އޭނާގެ ލެގަސީ ދައްކުވައިދޭނީ ސަޕޯޓަރުންގެ މޫނުމައްޗަށް ގެނުވި ހިނިތުންވުމުން ކަމަށެވެ. ގާޑިއޯލާ ވަނީ މިހާތަނަށް ހަތަރު ލީގު ޓައިޓަލް, ހަތަރު ލީގު ކަޕް އަދި އެފްއޭކަޕް ސިޓީއާއެކު ކާމިޔާޝުކޮށްފައެވެ. ސިޓީގެ ކޯޗުކަމާއި ގާޑިއޯލާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. މިއަހަރުވެސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ. ތާވަލުގެ އެއްވަނާގައި އޮތް އާސެނަލް އާއި ސިޓީއާއި ދެމެދު އޮތީ ދެޕޮއިންޓުގެ ފަރަގެކެވެ.

މި ސީޒަންގެ ލީގުތައް ކާމިޔާބުކުރުމާއި ގުޅޭގޮތުން ގާޑިއޯލާއާއި ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ ހުރިހާވެސް ކަމަކީ ސަޕޯޓަރުން އުފާކޮށްދިނުން ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އެކަން ވަރަށް ރަނގަޅަށް ކުރެވިފައިވާ ކަމަށެވެ. އަދި ކުޅުންތެރިންނާއި ޓީމުގެ މެނޭޖުމެންޓަށްވެސް އެންމެ މުހިންމު ކަމަކީ އެއީކަން ގާޑިއޯލާ ފާހަގަކުރިއެވެ.

ގާޑިއޯލާ ވަނީ މިހާތަނަށް އޭނަގެ ކޯޗިން ކެރިއަރުގައި 30 މުބާރާތް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މި ސީޒަންގެ ޗެމްޕިއަންސް ލީގާއި ޕްރިމިއަރ ލީގު ސިޓީއަށް ހޯދައިދިނުމުގެ ފުރުސަތުވެސް އެބައޮތެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ސިޓީ ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުންވެސް ސިޓި ކެޓީ ރެއާލް އަތުން ބަލިވެގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން