އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމް ބަލިކޮށް މެންޗެސްޓަރ ސިޓީން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ފުލަމްގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 2-1ންނެވެ. ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސިޓީންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑެވެ. ހާލަންޑުގެ ލަނޑަކީ ފުލަމްގެ އޭރިއާ ތެރެއިން ހޫލިއަން އަލްވަރޭޒްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް ފުލަމްއިން ވަނީ މާ ގިނައިރުތަކެއް ނުވެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ވިނީޝިއޫސްއެވެ.
މެޗުގެ ތިން ލަނޑުވެސް ފެނުނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގެ ރިއާޒް 36 ވަނަ މިނެޓުގައި ރިޔާޒް މަހްރޭޒްގެ އެހީތެރިކަމާއެކު ސިޓީ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ އަލްވަރޭޒްއެވެ.
މި ނަތީޖާއާއެކު ސިޓީ ތާވަލުގެ އެއްވަނައަށް ޖެހިލީ 32 މެޗުން 76 ޕޮއިންޓު ހޯދައިގެންނެވެ. ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ލިބުނު 75 ޕޮއިންޓާއެކު ދެވަނާގައި އޮތީ އާސެނަލްއެވެ.
ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު, މެންޗެސްޓަރ ޔުނައިޓެޑުން ވަނީ އެސްޓަން ވިލާގެ މައްޗަށް 1-0ން ކުރިހޯދާފައެވެ. ނިއުކާސަލް އާއި ސައުތެމްޓަން ކުޅުނު މެޗު 3-1ން ނިއުކާސަލް ކާމިޔާބުކުރިއިރު, ޓޮޓެންހަމްގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 4-3ންނެވެ. ބޯންމައުތާއި ލީޑްސް ޔުނައިޓެޑް ވާދަކުރި މެޗު ނިމުނީ 4-1ން ބޯންމައުތު ބަލިވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު