ސްޕެނިޝް ލީގުގައި ވަޔަޑޮލިޑްގެ މައްޗަށް ހޯދި މުހިންމު މޮޅާއެކު އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ދެވަނައާއި ގާތަށް ޖެހިލައިފިއެވެ.

ވަޔަޑޮލިޑްގެ ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު އެތުލެޓިކޯއިން ކާމިޔާބުކުރީ 5-2ންނެވެ. އެތުލެޓިކޯގެ ލަނޑުތައް ޖަހައިދިނީ ނަހުއެލް މޮލީނާ, ހޯސޭ މާރިއާ ގިމެނޭޒް އަދި އަލްވާރޯ މޮރާޓާގެ އިތުރުން މެމްފިސް ޑިޕާއީއެވެ. އެތުލެޓިކޯގެ އެއް ލަނޑަކީ ވަޔަޑޮލިޑްގެ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ވަޔަޑޮލީގެ ލަނޑުތައް ޖަހައިދިނީ ސީލް ލާރިން އާއި ސާޖިއޯ އެސްކުޑޭރޯއެވެ.

މި މޮޅާއެކު އެތުލެޓިކޯ މެޑްރިޑް ވަނީ 32 މެޗުން 66 ޕޮއިންޓު ހޯދާފައެވެ. އެތުލެޓިކޯ އޮތީ ތާވަލުގެ ތިންވަނާގައެވެ. ދެވަނާގައި އޮތް ރެއާލް މެޑްރިޑު މި އަދަދަށް މެޗު ކުޅެގެން ލިބުނީ 68 ޕޮއިންޓެވެ. އެހެންކަމުން ލީގުގެ މެޗުތައް ނިމޭއިރު ދެވަނައަށް އެރުމުގެ ފުރުސަތު އެތުލެޓިކޯއަށް އެބައޮތެވެ. ބޮޑު ފަރަގަކާއެކު އެއްވަނާގައި އޮތް ބާސެލޯނާ ލީގު ކާމިޔާބުކުރަން ބޭނުންވަނީ އިތުރު އަށް ޕޮއިންޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން