ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖުނާތު ސިންގ ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއެވެ.



އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާއްޖެ ވަޑައިގެންނެވީ 3 ދުވަހުގެ ދަތުރުފުޅެއްގައެވެ. އަދި މި ދަތުރުފުޅުގައި ދެ ޤައުމުގެ ޑިފެންސް ކޯޕަރޭޝަނާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާއެވެ. އަދި އިންޑިއާއިން ބައެއް ތަކެތި ރާއްޖެއަށް ހަދިޔާކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ ރައީސް ސާލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ އިތުބައްދަލުކުރައްވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން