ތިލަމާލޭ ބްރިޖުގެ މަސައްކަތުގައި ގެންގުޅުނު ބާޖެއް ވިލިމާލޭ ފަރަށް އަރާފައި ނުވާކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެފްކޮންސްއިން ހާމަކޮށްފިއެވެ.

މީސް މީޑިއާގައި ރޭ ދައުރުވި ފޮޓޯތަކުން ފެންނަނީ، ވިލިމާލެ އުތުރު ފަރާތު ފަރާއި ވަރަށް ގާތުގައި އެފްކޮންސްއިން ބްރިޖު މަސައްކަތުގައި ގެންގުޅޭ ބާޖެއް އޮތް މަންޒަރެވެ.

އެކަމާގުޅިގެން އެފްކޮންސް އިން ބުނީ، ރޭގެ ވަގުތެއްގައި ބްރިޖް މަސައްކަތުގައި ބޭނުންކުރި ފްލޯޓިން ބެޗްގެ އެއްފަރާތުގެ ނަގިލި ކަހާލައިގެން ފަރާ ވަރަށް ކައިރިއަށް ދިޔަ ކަމަށެވެ. އަދި ފްލޯޓިން ބެޗް ވިލިމާލޭ ފަރަށް ނާރާކަމަށާއި، ވަގުތުން ފްލޯޓިން ބެޗް ވަނީ ފަރާ ދުރަށް ޖައްސާފައިކަމަށް އެފްކޮންސް އިން ވަނީ ބުނެފައެވެ. ނަމަވެސް ފަރަށް އެއްވެސް ގެއްލުމެއް ލިބިފައި ހުރިތޯ ބަލަމުން ގެންދާކަމަށް އެފްކޮންސްއިން ވަނީ ބުނެފައެވެ.

ތިލަމާލެ ބްރިޖު މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް މިދިޔަ އަހަރުގެ އޮގަސްޓްމަހު ވިލިމާލެ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެފަހަރު ފަރަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެފްކޮންސް 69 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި އެވެ.

ނަމަވެސް މިހާތަނަށް އައިއިރު އެކުންފުނިން އެފައިސާ ދައްކާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން