އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީ އާއި ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެލިގޭޝަން ޒޯނުން ސަލާމަތްވުމަށް އެވަޓަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހިއްޖެއެވެ.

ލެސްޓާ އާއި އެވަޓަން އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ނިމުނީ 2-2ން އެއްވަރުވެގެންނެވެ. ލެސްޓަރގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އެވަޓަންއިންނެވެ. ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެވަޓަންއަށް ލީޑު ނަގައިދިނީ ޑޮމިނިކް ކަލްވާޓް-ލެވިންއެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ލެސްޓަރގެ ކަގްލަރ ސޮޔުންޗޫ ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ލެސްޓަރއިން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. މިއީ ކީޕަރު ކައިރިންވެސް ނައްޓާލުމަށްފަހު ޖެމީ ވާޑީ ޖަހައިދިން ލަނޑެކެވެ. އޭގެ ފަހުން ލީޑު ފުޅާކުރުމަށްވެސް ލެސްޓަރއަށް ފުރުސަތު ލިބުނެވެ. ނަމަވެސް ޖޭމްސް މެޑިސަން ފޮނުވާލި ޕެނަލްޓީ ވަނީ އެވަޓަންގެ ކީޕަރު ދިފާއުކޮށްފައެވެ.

އެވަޓަންއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައެވެ. މެޗުގެ 54 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަލެކްސް ލްވޯބީއެވެ.

މި ނަތީޖާއާއެކު އެވަޓަން އޮތީ 34 މެޗުން ލިބުނު 29 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ފުލުގައެވެ. މެޗުން މޮޅުވެގެން ރެލިގޭޝަން ޒޯނުން ސަލާމަތްވުމުގެ ފުރުސަތު އެޓީމަށް އޮތެވެ. ލެސްޓަރ 16 ވަނާގައި އޮތީ 30 ޕޮއިންޓު ހޯދައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން